ތާޖުއްދީން ސުކޫލުން ނަމޫނާ ބެލެނިވެރިޔާ ޕޮރޮގްރާމް އިފްތިތާހު ކޮށްފިއެވެ.
މި ޕޮރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިވެލޮޕްމަންޓް އޮފިސަރ އަހުމަދު ނަސީމެވެ.

ދަރިވަރު ނިއުސްއަށް މައުލޫމާތު ދެއްވަމުން ތާޖުއްދީން ސުކޫލްގެ ލީޑިންގް ޓީޗަރު އަދި މީޑިއާ ކޯޑިނޭޓަރ އިބްރާހިމް ޝާކިރު ވިދާޅުވީ މި ޕޮރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް އަމާން ވެއްޓެއް ގާއިމް ކުރުމުގައި ސުކޫލް ވެށީގެ ތެރެއިން ހޭލުންތެރި ބެލެނިވެރިންތަކެއް މުޖުތަމައަށް ނެރުމެވެ. އަދި އިތުރަށް ވިދާޅުވީ މިފަދަ ޕޮރޮގްރާމެއް އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ފެށުނުކަމީ އެ ސުކޫލަށް ނިސްބަތްވާ ކޮންމެ ދަރިވަރަކާއި ބެލެނިވެރިއެއްގެ އިތުރުން މުއައްޒަފުންނަށް ލިބިގެންދިޔަ ޚާއްޞަ އުފަލެއް ކަމަށެވެ.

މި ޕޮރޮގްރާމްކީ އެސުކޫލުގައި ސިލްސިލާކޮށް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ. މި ޕޮރޮގްރާމް ކުރިއަށް ގެންދަނީ ކަމުގެ މައުލޫމާތާއި ހުނަރު ލިބިފައިވާ ގާބިލް ބޭފުޅުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކައި ގުޅިގެން ހާއްސަ ހަރަކާތްތަކެއްގެ މައްޗަށް ބިނާކޮށެވެ.

މި ޕޮރޮގްރާމްގައި ގުރޭޑް އެކަކުން 10އާ ދެމެދުގެ ބެލެނިވެރިން ޝާމިލްވާނެއެވެ. މި ޕޮރޮގްރާމް ކުރިއަށްދާނީ ގުރޫޕްތަކަކަށް ބަހާލައިގެން ކޮންމެ ގްރޭޑެއް ވަކިންނެވެ. ތާޖުއްދީން ސުކޫލްގެ ބެލެނިވެރިންނަކީ ސުކޫލުން ގޮވާލާ ކޮންމެ ކަމެއްގައި ފަސް ޖެހުމެއްނެތި ބައިވެރިވާ، ސުކޫލަށް ފުރިހަމައަށް އެއްބާރުލުން ދޭ ބައެއްގެ ގޮތުގައި އެ ސުކޫލުން ފާހަގަކުރެއެވެ.
advertisment
ހިޔާލު