ދެ ސްކޫލެއްގެ ކްލާސްރޫމްގެ މަސައްކަތްކުުރުމަށް ބަޔަކާ ހަވާލުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮތޯ އެޑިޔުކޭޝަން މިނިސްޓްރީ

ށ.ފޭދޫ ސްކޫލާއި ލ. މާވަށު ސްކޫލުގެ ކްލާސް ރޫމްގެ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވަނީ ށ.ފޭދޫ ސްކޫލްގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި،  އަދި ލ.މާވަށު ސްކޫލްގެ 9 ކްލާސްރޫމް އިމާރާތުގެ މަސައްކަތެވެ. މި ދެ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

ޕީއެސްއައިޕީ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ށ.ފޭދޫ ސްކޫލްގެ މަސައްކަތަށް އެގާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ލ.މާވަށު ސްކޫލްގެ މަސައްކަތަށް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު މި ދެ ސްކޫލުގެ މަސައްކަތްވެސް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އަދި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުލް ރަހްމާނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *