ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ން ކުރިއަށް ގެންދިޔަ އެގްޒެބިޝަން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި އެގްޒެބިޝަން ކުރިއަށް ގެންދިޔައީ އެ ސްކޫލްގެ ހޯލްގައެވެ.

މިއީ އެސްކޫލްގެ ސީޕީއީ އަދި ސީއޭއީ ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެގްޒިބިޝަންއެކެވެ.
މިއެގްޒިބިޝަންގައި ކުދިންނަށް 3 ދާއިރާއެއްގެ ޝަހްޝިއްޔަތާ ގުޅޭ ދިރާސާއެއް ހެދުމަށްފަހު އެމައުލޫމާތުތައް ޕޯސްޓަރެއްގައި ލިޔެ ހުށަހެޅުމަށް ފުރުސަތު ދެވުނުއިރު ކޮންމެ ކުއްޖަކުވެސް 3 ޕޯސްޓަރ ހުށަހަޅަން ޖެހުނެވެ. މިމަސައްކަތްތައް އެކުދިންގެ އެސެސްމަންޓްގެ ގޮތުގައިވެސް ހިމެނުމަށް ސުކޫލުން ވަނީ ނިންމާފައެވެެ. އަދި އޭލެވެލްގައި ކިޔަވާ ދަރިވަރުންނަކީ އަބަދުވެސް ކިޔަވަން ޖެހޭ އަދި އެކިކަންކަމުގައި ދިރާސާ ކުރަންޖެހޭ ކުދިންކަމަށް ސްކޫލުން ބުނެއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ލީޑިން ޓީޗަރ އައިމިނަތު ވަފާ ވަހީދު ވިދާޅުވީ މި އެގްޒިބިޝަންގެ މައިގަނޑު މަގްސަދަކީ ކުދިންނަކީ އުފެންދުންތެރި ކުދިންނަށް ވުމަށާއި އަދި އެކުދިންގެ މި އުމުރުފުރާ ނުވަތަ މި މަރުހަލާއިން އެކުދިންގެ އަމިއްލަ ވިސްނުމާއި ފިކުރު ބޭނުން ކޮށްގެން ތަފާތު ހުނަރު ހުރި މަސައްކަތްކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. ލީޑިން ޓީޗަރ ވަފާ ވިދާޅުވީ އުއްމީދަކީ މި އެގްޒެބިޝަންގެ ހަރަކާތްތަކުގެ ސަބަބުން އިނގިރޭސި މިމާއްދާ ކިޔެވުމަށް މިއީ ލިބުނު އިތުރު ހިތްވަރަކަށް އަދި އިތުރު ޝައުގަކަށް ވެގެންދާނެ ކަމަށެވެ.

މި އެގްޒެބިޝަނުން ދަރިވަރުންގެ މަސައްކަތްތައް ފެނިގެން ދިއުމުން އެދަރިވަރުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމަށް އެސްކޫލުން ބުނެއެވެ. މި އެގްޒިބިޝަން ބަލާލުމަށްޓަކައި ސްކޫލްގެ ބެލެނިވެރިންނާއި، ޓީޗަރުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ޒިޔާރަތް ކޮށްފައެވެ.
advertisment
ހިޔާލު