އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އިންޓަރ ކުލާސް ހޭންޑް ބޯޅަ އަދި ފުޓްބޯޅަ ފެށިގެން ކުރިއަށް އެބަދޭ

އަހްމަދިއްޔާ ސްކޫލްގެ އިންޓަރ ކްލާސް ހޭންޑް ބޯޅަ އަދި ފުޓްބޯޅަ ފެށިގެން ކުރިއަށް އެބަދެއެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރަކު އެ ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ މިމަހުގެ މަހު 5 ގެ ނިޔަލަށެވެ.

އަހްމަދިއްޔާ ސްކޫލްގެ ހޭންޑް ބޯލް މުބާރާތުގެ ތެރެއިން. ފޮޓޯ: އަހްމަދިއްޔާ ސްކޫލް

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރު އަށަގެންނެވުމާއި ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުމެވެ. މިމުބާރާތް ކުރިއަށް ދާނީ ގުރޭޑް އެކަކުން ހައެއްގެ ދަރިވަރުންގެ މެދުގައެވެ. މި މުބާރާތުގައި އަންހެން ކުދިންނަށް ހޭންޑް ބޯޅަ ހާއްސަކޮށްފައިވާއިރު ފިރިހެން ކުދިންނަށް ހާއްސަކޮށްފައިވަނީ ފުޓްބޯޅައެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އެ ސްކޫލްގައި ބެލެނިވެރިންގެ ބޮޑު ތަރުހީބަކާއިއެކު ވަރަށް ބޮޑު ޖޯޝްއަކާއި ފޯރިގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ކުލާހަކުން ދެ ޓީމް ވާދަކުރާއިރު ކޮންމެ ކުލާހަކަށް ކުލައެއް ވަނީ ކަނޑަ އަޅާފައެވެ. ކޮންމެ ކުލާހަކުން 2 ޓީމް މި މުބާރާތުގައި ވާދާކުރަނެއެވެ. އެއީ "އޭ" ޓީމާއި "ބީ" ޓީމެވެ. ބައެއް ޓީމުތަކުން ބެލެނިވެރިންނާއި ޓީޗަރުން މޮޅެތި ކޯޗުން ހޯދައި އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް ވަކި ގަނޑިތަކަށް ބަހާލައިގެން ޓީމްތަކުގެ ޕްރެކްޓީސް ކުރިއަށް ގެންދެއެވެ.

އަހްމަދިއްޔަ ސްކޫލުގެ ފިރިހެންކުދިންގެ ފުޓްބޯލް މުބާރާތުގެ ތެރެއިން. ފޮޓޯ: އަހްމަދިއްޔާ ސުކޫލް

ދަރިވަރުންނެކޭ އެއްފަދައިން ޓީޗަރުންނާއި މުދައްރިސުންވެސް މުބާރާތުގެ ޓީމްތަކުގެ ފަރިތަކުރުންތަކުގައި ވަރަށް ފޯރިއާއި ޖޯޝްގައި ބައިވެރިވާކަމަށާއި ކިޔެވުމުގެ އިތުރުން މިފަދަ މުބަރާތްތަކަކީ ކުދިންގެ ސިކުނޑި ތާޒާވެ ވިސްނުމާއި ދުޅަހެޔޮ ސިއްހަތެއްގައި ކުދިން ތިބުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އެ ސްކޫލުން ބުނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *