ރ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ނެތި، ދުވަސްތަކެއް ފާއިތުވުމަށްފަހު، އެރަށު ސްކޫލަށް ހަމަޖެއްސި ޕްރިންސިޕަލަށް ރައްޔިތުންނާއި ސްކޫލުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކަށް ހަމަޖެއްސީ އަބްދުﷲ ހަލީމެވެ.
ޕްރިންސިޕަލް، މަޑުއްވަރީއަށް ވަޑައިގެންނެވުމުން އެރަށު ކައުންސިލުން ވަނީ މަރުޙަބާ ދަންނަވާފައެވެ. ޕްރިންސިޕަލަށް އިސްވެ މަރުހަބާ ދެންނެވީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިޤެވެ. މަރުހަބާ ދެންނެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހަމަނުޖެއްސި ދިގުލައިގެން ދިޔައީ ދެ ފަހަރެއްގެ މަތިން އިއުލާން ކުރުމުން ވެސް ޝަރުޠު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާތީއެވެ.
ހަލީމް ވަނީ، އިއްޔެ އެ ސްކޫލަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލު ވެސް ކުރައްވާފައެވެ. ރަސްމީ ގޮތުން ޕްރިންސިޕަލުގެ ޒިންމާއާ ހަވާލުވީ މިއަދު އެވެ.
މަޑުއްވަރީ ސްކޫލްގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު