އިިމާދުއްދީން ސްކޫލްގެ ގުރޭޑް އެކެއްގެ ދަރިވަރުން ވިލިގިއްޔަށް ދަތުރެއް ކޮށްފިއެވެ.
މިއީ އެސްކޫލުގެ ގުރޭޑް އެކެއްގެ ދަރިވަރުންގެ ސައިންސް ފިލާވަޅުތަކާއި ގުޅުވައިގެން ދަރިވަރުންނަށް ގޮނޑު ދޮށުގައި ހެދޭ ގަސްގަހާގެއްސާއި މައިކްރޯ ހެބިޓެޓްސްއާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވިލިގިއްޔަށް ކުރެވުނު ދަތުރެއްކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން މި ފީލްޑް ޓްރިޕް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އެސްކޫލްގެ ގްރޭޑް އެކެއްގެ ލީޑިންގ ޓީޗަރު އައިޝަތު އާސިފާ ވިދާޅުވީ މި ފީލްޑް ޓްރިޕްގެ މައިގަނޑު މަގްސަދަކީ ސްކޫލް މާހައުލުން ބޭރުން ކަންކަން އުނގެނި ދަސްކޮށް ތަޖުރިބާ ކުރުމެވެ. އަދި ތަފާތު މާހައުލެއްގެ ތެރެއިން އުނގެނި ދަސްކޮށް އެއްކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައި ދިނުމެވެ.

ލީޑިންގ ޓީޗަރ އިތުރަށް ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ތަފާތު ގޮތްތަކަށް ދަރިވަރުންނަށް އުނގެނެން އިތުރު ފުރުސަތުތައް ފަހިވެގެންދާ ކަމަށެވެ.
ދަރިވަރުންގެ މި ފީލްޑް ޓްރިޕް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހުވަނީ އެތަނަށް ޒިޔާރަތްކުރައްވާ ކުދިންނަށް ހިތްވަރު ދެއްވާފައެވެ. މިއީ މިފަދަ ތަޖުރިބާ ދަތުރުތައް ކުރުމަށް ޓީޗަރުންނަށާއި ދަރިވަރުންނަށް ލިބުނު އިތުރު ހިތްވަރެއްކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު