އަރަބިއްޔާ ސްކޫލްގެ އިންޓަރ ކްލާސް ޤުރުއާން މުބާރާތް ފަށައިފި

އަރަބިއްޔާ ސްކޫލުެގެ ދަރިވަރުން. ފޮޓޯ: އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލުގެ އިންޓަރ ކްލާސް ޤުރުއާން މުބާރާތް ފަށައިފިއެވެ.

އަރަބިއްޔާ ސުކޫލުގައި ކުރިއަށް ގެންދާ މި މުބާރާތް އެއްކޮށް ނިމޭނީ އަންނަ މަހު އެކެއްގައެވެ.

ކުލާހަކުން ގިނަވެގެން 8 ދަރިވަރުންނަށް ބައިވެރިވެވޭ މި މުބާރާތުގެ ޕްރެކްޓިސް ކޮށްދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާވާނީ އެ ކުލާހެއްގެ ކުލާސް ޓީޗަރ އިސްކޮށް ހުންނަވައިގެން ކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.

މުބާރާތުގައި އިންސާފުކުރާ ގޮތަށް ހަމަޖެހިފައިވަނީ ގުރޭޑް 1ން 12 އަށް ކޮންމެ ގްރޭޑެއް ވަކިންނެވެ. މި މުބަރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަރަބިއްޔާ ސްކޫލްގެ ކުރީގެ އިސް ދަރިވަރުންގެ ގޮތުގައި ސްކޫލް ތަަމްސީލު ކޮށްދެއްވާފައިވާ އަލްހާފިޒާ ރިފްދާ މުހައްމަދު ރަޝީދާއި އަލްގާރީ އަޝްރަގް ނާޒިރު އަދި އުއްމު ހާނީއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލްގައި މި މުބާރާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ވިދާޅުވީ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ގުރުއާން ބަލައިގެން ފަރިތަކަމާއިއެކު ރީތިކޮށް ރާގަށް ކިޔެވުމުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއްކަމަށެވެ.

އަދި ދަރިވަރުން ކީރިތި ގުރުއާނަށް އަހުލުވެރިކުރުމާއި، ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އާލާ ކުރުމާއި، ކީރިތި ގުރުއާން ރީތިކޮށް ކިޔެވުމަށް ހިތްވަރުދީ ވާދަވެރި މާހައުލެއް އުފެއްދުމާއި، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ދޭންޖެހޭ ލޯތްބާއި، އިޙްތިރާމް އިތުރުކުރުމާއި މީގެ އިތުރުން ކީރިތި ގުރުއާން ތަޖުވީދު ހަމަތަކާއިއެކު ރިވެތި އަޑުން ރާގަށް ބަލައިގެން ކިޔަން ދަސްކޮށްދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ ދަރިވަރުން ގައުމީ މުބާރާތްތަކަށް ތައްޔާރުކޮށްދީ ކިޔެވުމުގެ ޝައުގު އިތުރުކޮށް ހުނަރުވެރި ކުދިން ހޮވުމާއި އަދި އަމިއްލަ ނަފްސަށް އިތުބާތުކުރުން އެ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުންވެސް ހިމެނޭކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ވިދާޅުވިއެވެ.

މިމުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ގްރޭޑަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައެވެ. ގްރޭޑް އެކަކުން ނުވައަކަށް  އެއްވަނަ، ދެވަނަ އަދި ތިންވަނަ ކްލާސް ހޮވައި އިނާމު ދެވޭނެއެވެ.  ގްރޭޑް 10، 11 އަދި 12 އިން ހޮވާނީ އެންމެ މޮޅު ކުލާހެވެ. މީގެ އިތުރުން މުޅި މުބަރާތުން އެންމެ މޮޅު 5 ދަރިވަރުންނާއި މުޅި މުބާރާތުގެ އެންމެ މޮޅު 3 ކުލާސް ހޮވައި އިނާމު ދެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *