ކ. މާފުށީ ސްކޫލުން ކުރިއަށް ގެންދިޔަ ސްކައުޓް ބިގިނާސް ޓްރެއިނިންގ 2021 ނިންމާލައިފިއެވެ.
އެ ސުކޫލްގެ ސްކައުޓުންނަށް ޚާއްސަކޮށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި އެސްކޫލުގެ 42 ކަބް ސްކައުޓުންނާއި 8 ސްކައުޓުން ބައިވެރިވިކަމަށް އެސުކޫލްގެ ލީޑިންގ ޓީޗަރ މުހައްމަދު ނިޒާރު ވިދާޅުވިއެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ލީޑިންގ ޓީޗަރ ނިޒާރު އިތުރަށް ވިދާޅުވީ މިއީ ހުވާކުރުމުގެ ކުރިން އެކުދިންނަށް ބައެއް ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޓްރެއިނިންގއެއް ކަމަށެވެ. އަދި މި ޓްރެއިނިންގއަކީ އެކުދިން ވަރަށް ޝައުގުވެރިވި ޓްރެއިނިންއެއްކަމަށްވެސް ލީޑީންގ ޓީޗަރ ނިޒާރު ވިދާޅުވިއެވެ.
މި ހަރަކާތަށް ސްކައުޓް އެސޯސިއޭޝަނުންނާއި އަރަބިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރސްގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ލީޑިންގ ޓީޗަރވަނީ އެ ޓްރެއިނިންގއަށް އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
advertisment
ހިޔާލު