ޅ އަތޮޅު ތަޢުލީމީ މަރުކަޒުން ކުރިއަށްގެންދިޔަ އެސްއެސްސީ އިސްލާމް ސްޓަޑީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މިއީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސް ޢަލީ ޙަނޫން ޙުސައިންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

އެ ސްކޫލުގެ ގްރޭޑް 10 ގެ އެދަރިވަރުން، އަންނަ އެސްއެސްސީ އިމްތިހާނުގައި އިސްލާމް މި މާއްދާއަށް ތައްޔާރު ކުުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ސްޓަޑީ ކޭމްޕުގައި ދަރިވަރުން ބައިވެރިވެފައިވަނީ ޝަޢުގުވެރިކަމާއެކުގައިކަމަށް އެ ސްކޫލުން ބުނެއެވެ. މިކޭމްޕަށް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު ބެލެވެރިންނާއި ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ސުކޫލުން ވަނީ ފާހަގަ ކޮށްފައެވެ.
މި ފަދަ ދަނޑިވަޅެއްގައި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސް ޢަލީ ޙަނޫން ޙުސައިން އެ ދަރިވަރުންނަށް ވެދެއްވި އެހީތެރިކަން ފާހަގަކޮށް ބެލެނިވެރިން ވަނީ އެކަމަށްޓަކައި ޝުކުރުއަދާކޮށްފައެވެ.
advertisment
ހިޔާލު