ހއ. ވަށަފަރު ސްކޫލްގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.
މި މުބާރަތަކީ އެ ސްކޫލްގެ ވޮކޭޝަނަލް ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ
މި ހަރަކާތަކީ އަމަލީ މައިދާނަށް އެކުދިން ނުކުންނައިރު އަދި ދިރިއުޅުމަށް ތައްޔާރު ކުރުމަށާއި، ދަރިވަރުންގެ ކިބައިގައި ހުރި، ކެއްކުމާ ގުޅުން ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަގުފަހި ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށް އެސްކޫލުން ބުނެއެވެ.
މި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އެ ސްކޫލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ވަކިން ހާއްސަކޮށް އެމުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވި ބޭފުޅުންގެ ނަން ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު