ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ނާހިލްއާއި ޔުމްނާ

ބ. އަތޮޅު ތައުލީމީ މަރުކަޒު
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރު ނާހިލްއާއި ޔުމްނާ- ފޮޓޯ: އޭދަފުށީ ޓައިމް

2019 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި މުހައްމަދު ނާހިލް އަހްމަދާއި ފާތުމަތު ޔުމްނާ އާތިފް ހޮވައިފިއެވެ.

ރޭ އިނާމްދިނުމުގެ ޖަލްސާ ބާއްވާފައިވާއިރު، ސާނަވީ ބައިން އެއްވަނަ ހޯދި ނާހިލެވެ. މަތީ ސާނަވީ އެއްވަނަ ދަރިވަރަކީ ޔުމްނާއެވެ. ނާއިލް ވަނީ 2019 ވަނަ އަހަރު ސާނަވީގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދާ ގައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރު ނާހިލްއަށް ޝަރަފުވެރިމެހުމާނު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ޓްރޮފީ ހަވާލުކޮށް ދެއްވަނީ- ފޮޓޯ: އޭދަފުށީ ޓައިމް

ގުރޭޑް 12އާ ހަމައަށް ކިޔަވައިދެމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން 2019 ވަނަ އަހަރު ސާނަވީ އިމްތިޙާން ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތަކީ 63 އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ލިބުނު ކުރިއެރުމެއް ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ. އަދި ގައުމީ ގަދަ ދިހައެއްގައި އެ މަރުކަޒުގެ ނުވަ ދަރިވަރަކު ވަނީ ހިމެނިފައެވެ. އެ އަހަރު ބޭއްވި މަތީ ސާނަވީގެ ގައުމީ ގަދަ ދިހައެއްގައި އެ މަރުކަޒުގެ ފަސް ދަރިވަރަކު ވަނީ ހިމެނިފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރު ޔުމްނާއަށް ޝަރަފުވެރިމެހުމާނު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ޓްރޮފީ ހަވާލުކޮށް ދެއްވަނީ- ފޮޓޯ: އޭދަފުށީ ޓައިމް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 700 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *