އަރަބިއްޔަ ސުކޫކުގެ ގްރޭޑް 7ން 12ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހަދީސް ހިތު ދަސްކުރުމުގެ ޕްރޮގްރާމެއް އިފްތިތާހްކޮށްފިއެވެ.
ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އައްޝައިޚް އަލީ ޒާހިރު ބިން ޤާސިމްއެވެ.
މިއީ އަރަބިއްޔާ ސުކޫލްގެ ޝަރުއީ ޑިޕާޓްމަންޓުުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ،
ދަރިވަރުު ނޫހަށް މައުލޫމާތު ދެއްވަމުން މި ޕްރޮގްރާމްގައި އިސްކޮށް މަސައްކަތްކުރައްވާ އެސުކޫލްގެ ލީޑިން ޓީޗަރު، ސާމިޔާ އިބްރާހިމް ވިދާޅުވިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދަރިވަރުން ހިތްތަކުގައި ހަދީސް އިލްމަށް ލޯބި ޖެއްސުމާއި ހަދީސް ހިތު ދަސްކުރުމަށް ބާރު އެޅުޅުމުގެ އިތުރުން ދަރިވަރުންނަކީ ރަސޫލާގެ ސުންނަތަށް ލޯބިކުރާ ދަރިވަރުންތަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަަމަށެވެ.
މި ޕްރޮގްރާމްގައި 50 ހަދީސް ދަރިވަރުން ހިތުދަސްކުރާނެއެވެ. ކަނޑައާޅާފައިވާ ވަކި އަދަދަކަށް ހަދީސް ދަސްކުރާ ދަރިވަރުންނަށް ސެޓްފިކެޓް ދޭން ނިންމާފައިވާއިރު، މި ޕްރޮގްރާމް ގުރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަރަބިއްޔާ ސްކޫލުން ބުނެއެވެ.
advertisment
2 Responses
ހެޔޮޖަޒާ މިންވަރު ކުރައްވާށި! آمين
ބަރާބަރު ކަމެއް މީ