ނުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން ހަބް ސްކޫލްތަކެއް ތަރައްޤީކުރަނީ

އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ // ފޮޓޯ؛ މަޖިލިސް

ނުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން ނުވަ ސްކޫލެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އިންކުލޫސިވް އެޑިއުކޭޝަން ފުޅާކުރުމާގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ގާނޫނާ އެއްގޮތަށް އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީ މުރާޖާކޮށް ނިމިފައިވާ ކަމަށާއި، އެ މިނިސްޓްރީގެ ވިސްނުން ހުރީ މި ނުވަ ސްކޫލްގެ ތެރެއިން ކޮންމެ ސްކޫލެއް ވެސް ވަކި ނުޅެދުންތެރިކަމަށް ޚާއްޞަ ކުރުމަށެވެ. އަދި ވިދާޅުވީ މި ހަބް ސްކޫލްތަކުން ގާއިމް ކުރަނީ ހުރިހާ ވަޞީލަތްތަކާ އެކުގައި ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

މިނިސްޓަރު ވިދާޅުވީ އިންކްލޫސިވް އެޑިޔުކޭޝަނަށް އަމަޒުކޮށްގެން މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށާއި، ކުދިންނާއެކު އުޅެން ބެލެނިވެރިންނަށް ވެސް ތަމްރީނު ދެމުން ގެންދާ ކަމަށެވެ.

" މުދައްރިސުން ތަމްރީނު ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދެން، ހަމައެކަނި މުދައްރިސުންނެއް ނޫން، ބެލެނިވެރިންނަށް ވެސް ކުދިންނާ އެއްކޮށް އުޅެން ތަމްރީނުތަކެއް ގެންދެވޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަސް ސަރަހައެއްދެއް ހިމެނޭހެން ތައުލީމް ފުޅާކުރުމުގެ މަސައްކަތް ރާވާފައިވާ ކަމަށާއި، އޭގެތެރެއިން ޏ. އަތޮޅު ތައުލީމީމަރުކަޒާއި ހދ. ކުޅުދުއްފުށީގެ ޢަފީފުއްދީން ސްކޫލްގައި ވޮލޭޝަނަލް ސެންޓަރ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމީ ތަޢުލީމުގެ ތެރެއަށް މަސައްކަތްތެރިކަމުގެ ތަޢުލީމު ހިމެނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަން ކުރުމަށް ޓަކައި ގަވާއިދުތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށެވެ.
" އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ގާނޫނުގައި ބުނާގޮތަށް، ކީ ސްޓޭޖުން ފައުންޑޭޝަނުން ފަށައިގެން މަސައްކަތްތެރިކަމުގެ ތަޢުލީމު ކަރިކިއުލަމްގެ ތެރެއަށް ގެނައުމަށް. އެކަމަށް ޓަކައި ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް އެބަވޭ" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *