2019 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ މޮޅު ދަރިވަރުންނަކީ ހުސެއިން ޔޫސުފާއި އައިޝަތު އަބްދުއްރަހްމާން

ޖަލާލުއްދީން ސްކޫލްގެ ސާނަވީން އެއްވނަައަށް ދިޔަ ދަރިވަރަށް ޝަރަފުވެރިމެހުމާން އިނާމް : ހަވާލުކޮށް ދެއްަވަނީ- ފޮޓޯ: ކޭއޯ:

2019 ޖަލާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ދެ ދަރިވަރުން ހޮވއަިފިއެވެ. މަތީ ސަނާވީ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވީ ހުސެއިން ޔޫސުފަށެވެ. ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނީ އައިޝަތު އަބްދުއްރަހްމާނަށެވެ.

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގައި ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

ސާނަވީން އެއްވަނަ ހޯދި އައިޝަތު އަބްދުއްރަހްމާން ވަނީ 2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނިފައެވެ. އަދި ކޮމްޕިއުޓަރ ސައިންސްއިން މުޅި ދުނިޔެއިން ތިންވަނަ، ރާއްޖެއިން އެއްވަނަ ހޯދާފައެވެ.

ޓޮޕް އެޗީވާސްގެ އެވޯޑް 12 ދަރިވަރަކު، ޑިސްޓިންގްޝަން އެވޯޑް 22 ދަރިވަރަކ،ު ހަޔާރ ޑިސްޓިންގްޝަން އެވޯޑް ހޯދި 24 ދަރިވަރަކަށް ރޭ ވަނީ އިނާމް ދީފައެވެ.

2019 އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގައި ޖަލާލުއްދީން ސްކޫލްގެ ހަތަރު ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެއީ އައިޝަތު އަބްދުއްރަހްމާނުގެ އިތުރުން ފަސްވަނައަށް ދިޔަ މައީޝާ އަބްދުލް މުހުސިންއާއި އަށްވަނަ ދިޔަ ފާތިމަތު އިނާޝާއާއި ދިހަ ވަނައަށް ދިޔަ މުޙައްމަދު އިބްެރާހިމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *