މުހްޔުއްދީން ސްކޫލްގެ ޕްރީ ކޭ ދަރިވަރުންނަށް ރީޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މުހްޔުއްދީން ސްކޫލްގެ ޕްރީ ކޭ ކުދިންގެ ރީޑިންގ ޕްރޮގްރާމް "ރީޑް ޓުގެދާ" ކުރިއަށް ގެންގޮސްފިއެވެ.

މި ރީޑިންގ ޕްރޮގްރާމަށް ދަރިވަރުން އައިސްފައިވަނީ އެކުދިން އެންމެ ގަޔާވާ ކަހަލަ ފޮތުގެ ކެރެކްޓަރސް ހެދުމުގައެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެންމެ ތުއްތުއިރުއްސުރެ ކުދިންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުންކަމަށް އެ ސްކޫލުން ބުނެއެވެ. ޕްރޮގްރާމް މިހާ ފުރިހަމަ ކަމާއިއެކު ކުރިއަށް ގެންދެވުނީ ސުކޫލްގެ ލައިބްރޭރިއަނުންގެ މިންނެތް މަސައްކަތުންކަމަށްވާތީ އެކަމަށް އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ،

އަދި ކުދިން ގަޔާވާ ގޮތަށް އެކި ގްރޭޑްތަކުގެ މެދުގައި އެކި ތީމްތަކަށް ބަހާލައިގެން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވުނުކަމީ ސުކޫލަށާއި ބެލެނިވެރިން، ޓީޗަރުން އަދި ސީނިއާ މެނޭޖަމަންޓް ނުހަނު އުފާކުރާކަމެއް ކަމަށްވެސް އެސުކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *