އޭލެވެލް އިމްތިހާން އަންނަ އޮކްޓޯބަރު/ ނޮވެންބަރުގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުން އޭލެވެލް ހަދަން ކުރިން ހަމަޖެހިފައިވަނީ އަންނަ މެއި/ޖޫން ގައެވެ.
އެމިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައިވާ ގޮތުން ދިރާސީ އަހަރު އޮގަސްޓުގައި ފަށައި، މެއި/ ޖޫންގެ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގައި ދަތިތަކެއް ކުރިމަތިވާކަން ސްކޫލުތަކުން ވަނީ ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން އޭލެވެލް ހަދާ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއިއެކު މަޝްވަރާކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަޝްވަރާތަކުގައި، މެއި/ޖޫންގައި އިމްތިހާން ހަދާނަމަ ގައިޑެޑް ލަރނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެކަން ސްކޫލުތަކުން ފާހަގަކޮށްފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މިހާރު ނިންމާފައިވާގޮތަކީ ސްކޫލުތަކުން ހުށަހަޅާފައިވާ ގޮތްކަމަށާއި އެގޮތުން މިއަހަރުގެ އޭލެވެލް އިމްތިހާނު އަންނަ އޮކްޓޫބަރު/ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް އެ ސަރކިއުލާގައިވެއެވެ.
އޭލެވެލް އިމްތިހާން މެއި/ ޖޫންގައި އާންމުކޮށް ބޭއްވި ނަމަވެސް ދިރާސީ ކަލަންޑަރަށް ބޮޑެތި ބަދަލުގެނެސް އިމްތިހާން އޮންނަ ތާރީޚް ބަދަލުވެފައިވަނީ ކޮވިޑާ ގުޅިގެންނެވެ.
advertisment
ހިޔާލު