ކޮމަންވެލްތް އެސޭ ކޮމްޕެޓިޝަނުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް އެވޯޑުދީފި

ހިރިޔާ ސުކޫލުން ކުއީންސް ކޮމަންވެލްތް އެސޭ ކޮމްޕެޓިޝަން 2021 ގައި ބައިވެރިވެ ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްފިއެވެ.

މި މުބާރާތުގައި ހިރިޔާ ސުކޫލްގެ ދަރިވަރުންގެ ތެރެއިން ވަނަ ހާސިލުކުރި ދަރިވަރުންނަށް ބުރޯންޒް، ސިލްވަރ އަދި ގޯލްޑް ސްޓާސް އެވޯޑު ވަނީ ދީފައެވެ.

ސްޓާސް އެވޯޑް ކުރުމުގެ ތެރެއިން. ފޮޓޯ: ހިރިޔާ ސުކޫލް

މި އެވޯޑުތައް އެކުދިންނާއި ހަވާލު ކޮށްދެއްވީ މިއަދު ހެދުނު އެސުކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސުކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދުއެވެ.

މިފަދަ މުބާރާތްތަކުގައި ކުދިން ބައިވެރި ކުރުމުން ކުދިން އެބަހަކަށްް އޮންނަ ލޯތްބާއި އިގިރޭސިން މަޒުމޫނު ލިޔުމުގެ ހުނަރު އިތުރަށް ތަަރައްގީވެގެންދާކަމަށް އެ ސްކޫލުން ބުނެއެވެ.

ސްޓާރ ހާސިލް ކުރި ދަރިވަރެއް. ފޮޓޯ: ހިރިޔާ ސުކޫލް

އަދި މިފަދަ ޗެލެންޖިންގ މުބާރާތްތަކުގައި ބައިވެރިވުމަކީ ސުކޫލަށާއި ގައުމަށް ރީތި ނަން ހޯދުމަށްވެސް އެކުދިންނަށް ލިބޭ އިތުރު ހިތްވަރަކަށްވާކަމަށާއި މުސްތަގުބަލުގައި މިފަދަ އެހެން މުބާރާތްތަކުގައި ބައިވެރިވުމުގެ ހިތަވަރަކަށްވެސް މިފަދަ މުބާރާތްތައް ވެގެން ދާކަން އެ ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *