2019 ވަނަ އަހަރާއި ހަމައަށް ރ. އަތޮޅު މަދަރުސާގައި ހުރި އޯލެވެލް އަދި އޭލެވެލް ދާއިމީ ނަތީޖާ އެ މަދަރުސާއިން ދޫކުރަން ފަށައިފިއެވެ.
އެ މަދަރުސާއިން މިކަމަށް އެދިފައިވަނީ މިކަމާ ގުޅޭ ގޮތުން މިއަދު ކޮށްފައިވާ އިޢުލާނެއްގައެވެ. މި އިޢުލާނުގައި ހާމަކޮށްފައިވާގޮތުން 2019ވަނަ އަހަރާ ހަމައަށް ރ. އަތޮޅު މަދަރުސާގެ އޯލެވެލް އަދި އޭލެވެލް ސެންޓަރުތަކުން އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދާއިމީ ނަތިޖާތަކާއި ހަވާލުނުވާ ގިނަ ފަރާތްތަކެއް ތިބިކަން ވަނީ ފާހަގަ ކޮށްފައެވެ. އެެހެންކަމުން އެ ނަތީޖާތަކާ ވީހާވެސް އަވަހަށް ހަވާލުވުމަށް އެ ސްކޫލުން އެދެއެވެ.
މި ސެޓްފިކެޓްތައް ދޫކުރުން އޮންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 6:30ން މެންދުރު 1:00ށް ރ. އަތޮޅު މަދަރުސާގެ އޮފީހުންނެވެ. ސެޓްފިކެޓްގެ އަސްލާއި ހަވާލުވުވާން އެ ސްކޫލަށްދާ ފަރާތްތަކުން އެމީހެއްގެ އައިޑީކާޑު ގެންނަވަން ވާނެކަމަށް އެ ސްކޫލުން ބުނެއެވެ. ނަތީޖާ ބަލައި ދިއުމުގެ ކުރިން އެމީހެއްގެ ސެޓްފިކެޓް ހުރިކަން ޔަޤީންކުރަން ބޭނުންވާ ފަރާތްތަކުން 7546366 މިނަމްބަރާއި ގުޅާ މައުލޫމާތު ސާފުކުރުމަށްވެސް އެ ސުކޫލުން ވަނީ އެދިފައެވެ.
advertisment
ހިޔާލު