މާލެ، ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލްގެ 2019 ވަނަ އަހަރުގެ އެއްވަނަ ދަރިވަރުގެ ގޮތުގައި އަޒާން އަހުމަދު ރަޝީދު ހޮވައިފިއެވެ.
އަޒާން ވަނީ 2019 ވަނަ އަހަރު ސްކޫލްގެ ކެޕްޓަންގެ މަސްއޫލިއްޔަތު އަދާ ކުރަމުން، ސާނަވީ އިމްތިޙާނުން ތިން މާއްދާއިން އޭ، ފަސްމާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. އަޒާންއަކީ 2018 ވަނަ އަހަރު ކިޔެވުމަށް އެންމެ މޮޅު ސްކައުޓްވެސްމެއެވެ.

2019 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 53 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވާ ކަމަށް މުޙްޔިއްދީން ސްކޫލުން މައުލޫމާތު ދެއެވެ. ވަކިވަކި މާއްދާތަކަށް ބަލާއިރު، ކެމިސްޓްރީއާއި ކޮމްޕިއުޓަރ ސްޓަޑީޒާއި ބީޓެކްގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފައެވެ.

މުޙްޔިއްދީން ސްކޫލުން 2019 ވަނަ އަހަރުގެ ތެރޭގައި ދަރިވަރުންނާއި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގާފައިވެއެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10އާ ހަމައަށް ހަތްސަތޭކަ އެންހާ ދަރިވަރުން ކިޔަވަނުންދާއިރު، އެ ސްކޫލްގައި ކިޔަވައިދެމުން ގެންދަނީ، ސައިންސް، ބިޒްނަސް އަދި ބީޓެކް ސްޓްރީމެވެ.
2019 ވަނަ އަހަރުގެ އިނާމްގެ ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި މުޙްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކު ވިދާޅުވީ، ތަޢުލީ މާއި ތަރުބިއްޔަތުގެ ފެންވަރު ބިނާވެގެންވަނީ އެ ސްކޫލެއްގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ޤާބިލުކަ މާއި، ކަމަށް ކަމޭހިތާ މިންވަރާއި ދަރިވަރުންނާ ބާއްވާ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުން ނަށް ކަންކަން ފަހި، ދަރިވަރުން ނާ އަޅާލާ، ކިޔެވުމަށްވުމަށް ފަހި މާހައުލުގެ ހަޤީޤީ މޭސްތިރިންނަކީ ވެސް މުދައްރިސުންކަން އޭނާ ވަނީ ފާހަފަކުރައްވާފައެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ އެތަކެއް އިޖްތިމާޢީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިކަން ބަޔާންކޮށް، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި، އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވުމުގެ ސިފަ ނެތެމުންދާތީ އެކަމުގެ ކަންބޮޑުވުން ނާޒިމާވަނީ ފާހަގަކުރައްވާފައެވެ.
" މިއަދު ތިޔަކުދިންނަށް ބުނެލާހިތް ވަނީ އެއްވެސް މީހަކު ދެރަކޮށްގެން ނުވަތަ ނިކަމެތި ކަމެއްދީގެން އުފާ ހާޞިލް ކުރާ މީހަކަށް ނުވުމަށް. ކޮންމެ މާހައުލެއްގައި އުޅެން ޖެހުނު ކަމުގައި ވިޔަސް ތިޔައިން ކޮންމެ ކުއްޖަކީވެސް އަމިއްލަ ނަފްސާއި އަނެކުންނަށް އިހްތިރާމްކޮށް އެކި ކަހަލަ ތަފާތުތައް ބަލައިގަންނަ ކުއްޖަކަށް ވުމަށް. އަބަދުވެސް އަނެކާގެ އިހްސާސްތައް ދަންނަ ކުއްޖަކަށް ވުމަށް. އަދި ހަޔާތުގައި ދިމާވާ އެކިކަހަލަ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާ އެކަންކަމުން ވީ އެންމެ އަވަހަށް ބައުންސްބެކް ކުރާ ކުއްޖަކަށް ވުމަށް" ދަރިވަރުންނާ މުޙާޠަބުކޮށް ނާޒިމާ ވިދާޅުވިއެވެ.
advertisment
ހިޔާލު