އިއްޒުއްދީން ސުކޫލްގެ ދަރިވަރުންނަށް ފެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުން ފެހުމުގެ ތެރެއިން ކުދިންނަށް ފައިދާވާނެ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފެހުމުގެ ތެރެއިން ކުދިންނަށް މައްސަލަ އުފައްދައި މައްސަލަ ހައްލު ކުރާނެ ގޮތްތައް ދަސްވެގެން ދާކަމަށާއި ކުދިންގެ ލޮލުގެ ހަރަކާތްތަކާއި ކަންތައްތަކަށް ސަމާލުކަން ދިނުމާއި އެއްގޮތެއްގައި ސާބިތުވެ ތިބުމުގެ ހުނަރު، ފެހުމުގެ ތެރެއިން އެކުދިންނަށް ދަސްވެގެން ދާނެކަމަށް އެ ސްކޫލުން ބުނެއެވެ.

އަދި ސިކުނޑީގެ ކަނައަތުން ވައަތަށް ވިސްނުން އަންނަ ގޮތްތައްވެސް އެނގި، މިކަމުގެ ސަބަބުން ދަރިވަރުންނަކީ ހިތު ހިސާބަށް މޮޅު އުފެއްދުންތެރި ކުދިންނަށް ވެގެން ދާނެކަމަށާއި އަދި މިދަރިވަރުންނަށް މި ހަރަކާތުގެ ތެރެއިން ފެހުމުގެ ގިނަކަންކަން ދަސްކޮށްދިފައިވާކަމަށް އެ ސްކޫލުން ބުނެއެވެ. މި ހަރަކާތަށް ބައިވެރިވި ދަރިވަރުން ދިން ޝައުޤުވެރިކަން ސްކޫލުން ފާހަގަކުރެއެވެ. އަދި ފަހަން ދަސްވުމަކީ ގިނަ ހުނަރުތަކަކަށް މަގު ފަހިވެގެންދާނެ ކަމެއްކަމަށްވެސް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު