ތަޖުރިބާ ހިއްސާކޮށް، ތަޖުރިބާ ހޯދަން ޕްރިންސިޕަލުން ސްކޫލްތަކަށް

ވެހި އެޑިޔުކޭޝަނަލް ޓުއަރ ގައި ބައިވެރިވި ބައިވެރިން // ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީ

ތަޖުރިބާ ހިއްސާކޮށް، ތަޖުރިބާ ހޯދަން ޕްރިންސިޕަލުން ސްކޫލްތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.

މިއީ ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، "ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ރަށްތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން، އެކި ރަށްރަށުގެ ސްކޫލަށް ޒިޔާރަތް ކޮށް، އެ ރަށެއްގެ ކިޔަވައިދިނުމުގެ ނިޒާމު ބައްލަވާ، މިހާރު އެ ސްކުލްތަކުގައި ކިޔަވައިދިނުމުގެ ނޒާމު އިތުރަށް ރަނގަޅު ކުރުމަށްޓަކއި ކުރަން ޖެހޭ ކަންތައް ބައްލަވާނެއެވެ.

ވެހި އެޑިޔުކޭޝަނަލް ޓުއަރ ގައި ބައިވެރިވި ބައިވެރިން؛ ޖަމާލުއްދީން ސްކޫލު // ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ފުރަތަމަ ބުރުގައ، ގއ، ގދ އަދި ތ އަތޮޅުން 15 ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ. މި ބައިވެރިން ޒިޔާރަތް ކުރައްވާނީ މާލޭގެ ސްކޫލުތަކުން، އިސްކަންދަރު ސްކޫލު، ޖަމާލުއްދީން ސްކޫލު، ހިރިޔާ ސްކޫލު، ތާޖުއްދީން ސްކޫލަށެވެ. އަދި ކ.އަތޮޅު ހުރާ ސްކޫލަށް ވެސް ޒިޔާރަތްކޮށް މައުލޫމާތު ހޯދައްވާނެއެވެ.

ވެހި އެޑިޔުކޭޝަނަލް ޓުއަރ ގައި ބައިވެރިވި ބައިވެރިން؛ހިރިޔާ ސްކޫލް // ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަން ޓުއަރ 2021″ ގެ މަޤްޞަދު ތަކަކީ، ސްކޫލު މެނޭޖް ކުރާ ތަފާތު ގޮތްތައް ޕްރިންސިޕަލުން ދެނެގަތުމާއެކު ސްކޫލްތަކުގެ އަމާޒަށް ވާޞިލްވުމާއި، ކިޔެވުމާއި އިތުރު ހަރަކާތް ކުރިއަށް ގެންދާ ގޮތް ދެނެގަތުމާއި، ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދާނެ ގޮތް ތަޖުރިބާކޮށް ދެނެގަތުމެވެ.

އެންމެ ރަނގަޅު ތަޢުލީމީ ނިޒާމު ދެނެގަނެ، އެ ސްކޫލެއްގައި ކިޔވައިދެމުންދާ ނިޒާމުގެ ތެރެއަށް އެކަންތައްތައް ފެއްތުމާއި، ސްކޫލުތަކުގެ އިތުރުހަރަކާތްތަކާއި ތަޢުލީމީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބެލެނިވެރިން އަދާ ކުރާ ރޯލު ދެނެގަތުމާއެކު ސްކޫލުތަކުގެ ވަސީލަތްތައް އިތުރަށް ރަނަގޅުކުރުމަށްޓަކައި އެހީ ހޯދިދާނެ ތަފާތުގޮތްތައް ފަހުމް ކޮށްދިނުމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *