ސާނަވީ ތަޢުލީމު ކިޔަވާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް

މި ސެޝަންގައި ބައިވެރވި ދަރިވަރުން ސެޝަން ނަގައިދެއްވި ބޭފުޅުންނާއެކު. ފޮޓޯ؛ ފިޝަރީޒް މިނިސްޓްރީ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އަދި އެގްރިކަލްޗަރއިން އިންތިޒާމްކޮށް "ލޯންޗް ޔުއަރ ކެރިއަރ އެޓް ފިޝަރީޒް އެންޑް މެރިން ރިސޯސަސް" ގެ ނަމުގައި، މާލޭގެ ސާނަވީ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް، ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންގައި މާލެއިން ސާނަވީ ތަޢުލީމު ކިޔަވައިދޭ 11 ސްކޫލަކުން ޖުމްލަ 330 ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންގައި ބައިވެރވި ދަރިވަރުން. ފޮޓޯ؛ ފިޝަރީޒް މިނިސްޓްރީ

މި ސެޝަން ނަގައިދީފައިވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ މިފްކޯ އަދި އެންޒިސް ފިޝަރީޒުންނެވެ.  މި ސެޝަންގެ ތެރެއިން، އެ ފަރާތްތަކުން ފޯރުކޮށްދޭ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ވާހަކައިގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތް ދެވޭނެ ތަފާތު ގޮތްތަކާއި ފުރުސަތުތައް ކިޔާދިނުމާއި ކުރިއަށް ދެވޭނެ ތަފާތު ދާއިރާތަކާ ބެހޭ ގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން، ހިއުމަން ރިސޯސް ދާއިރާ، އިންޖިނިއަރިންގ ދާއިރާ، ޑައިވިންގ، ތިމާވެށީގެ ދާއިރާ އަދި މިނޫންވެސް ތަފާތު ދާއިރާތަކުން ދަރިވަރުންނަށް މަތީ ތަޢުލީމި އުނގެނުމުގެ ފުރުސަތުތަކުގެ މަޢުލޫ،ާތު ވަނީ ފޯރުކޮށްދީފައެވެ.

މި ސެޝަންގައި ބައިވެރިވި ދަރިވަރުން. ފޮޓޯ؛ ފިޝަރީޒް މިނިސްޓްރީ

މި މިނިސްޓްރީން ވިދާޅުވާގޮތުގައި، މި ސެޝަން އިންތިޒާމްކުރުމުގެ މަޤަޞަދަކީ، މަސްވެރިކަމުގެ ދާއިރާއާއިމެދު ކުދިން ދެކޭގޮތް ބަދަލުކުރުމާއި، މި ދާއިރާއަކީވެސް ދަރިވަރުން ކުރިއަށް ދިޔުމަށް ރަނގަޅު ފުރުސަތުތަކެއްހުރި ދާއިރާއެއްކަން ދަރިވަރުންނަށް ކިޔައިދިނުމެވެ.

މި ސެޝަންގައި މަޢުލޫމާތު ދިނުމަށް މިފްކޯ އަދި އެންޒިސް ފިޝަރީޒްގެ އިތުރުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *