ބާރަށު ސްކޫލްގައި ކިޔަވާ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ޚާއްޞަ ޕްރޮގްރާމެއް އެ ސްކޫލުން ފަށައިފިއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ފުރަތަމަ ކުރިއަށް ގެންދާނީ ގުރޭޑް ހަތަރެއްގެ ދަރިވަރުންނަށެވެ. އެއަށްފަހު، މި އަހަރުގެ ތެރޭގައި މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާނެއެވެ.
" އަޅުގަނޑުމެންގެ އަމާޒަނީ މި އަހަރަށްފަހު، ގުރޭޑް ހަތަރެއް ނިންމާ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުން. އަލަށް ފަށާ ޕްރޮގްރާމަކަށް ވާތީ، ގުރޭޑް ހަތަރަކުން މަތީގެ ކުދިންނަށް ވެސް މި ޕްރޮގްރާމުގެ ދަށުން ފަތަން ދަސްކޮށްދޭނެ"
ޕްރިންސިޕަލް އަމްޖަދު ވިދާޅުވިއެވެ.

ތިން ސަތޭކައާ ކައިރިކުރާ އާބާދީއެއް އޮތް ބާރަށު ސްކޫލްގެ ގުރޭޑް ހަތަރެއްގައި 30 އަށްވުރެ ގިނަ ކުދިން ކިޔަވަމުން ގެންދެއެވެ.
އަމްޖަދު ވިދާޅުވީ ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ކުރިއަށް ގެންދަނީ ބާރަށު ޕޮލިސް ސޭޓޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމަކާއެކުގައެވެ.
" ފަތަން ދަސްކޮށްދޭން އެންމެ ރަނގަޅު އުމުރުފުރައަކަށް މި ވަނީ ހަތަރުވަނަ ގުރޭޑް ކިޔަވަމުންދާ ދުވަސްވަރު. އެހެންވެ ގުރޭޑް ހަތަރެއްގެ ކުދިންނަށް އަމާޒުކުރީ. މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ގުރޭޑް ހަތަރަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ"
ޕްރިންސިޕަލް އަމްޖަދު ވިދާޅުވިއެވެ.
advertisment
ހިޔާލު