އިއްޒުއްދީން ސުކޫލްގެ މުއައްޒަފުންނަށް އަމާޒުކޮށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޭމްޕެއް ބާއްވައިފިއެވެ.
މިއީ ސުކޫލް މާހައުލަކީ މުއައްޒަފުންނާއި ސީނިއަރ މެނޭޖްމަންޓާއި އަދި ހުރިހާ މުއައްޒަފުން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކަށްވުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ދަރިވަރުންނަށް ހިދުމަތް ކުރުމުގައި އަބަދުވެސް ހުރިހާ މުއައްޒަފުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުން އޮންނަން ޖެހޭނެކަމަށާއި ހުނަރުހުރި ގާބިލް މުއައްޒަފުން ސްކޫލެއްގައި ތިބުމަކީ ދަރިވަރުންނަށާއި ސުކޫލަކަށްވެސް ލިބޭނެ އިތުރު ފުރިހަމަ ކަމެއްކަމަށް އެ ސްކޫލުން ބުނެއެވެ. މިިފަދަ ކަންތައްތަކަކީ އަބަދުވެސް ސުކޫލްތަކުގެ މުއައްޒަފުންގެ ސިކުނޑިި ތާޒާ ކޮށްލުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންތައްތަކެއްކަންވެސް އެ ސްކޫލުން ފާހަގަކުރެއެވެ.
މި ކޭމްޕަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކްރައިމް ޕްރިވެންޝަން ޔުނިޓުގެ އެހީތެރިކަން ލިބިގެން ދިޔަކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު