ޔުނިޓީ ސްޕޯޓްސްގެ ފަރާތުން ދީނީ އަދި ތައުލީމާ ގުޅޭ ޝިއާރު ބޯޑުތަކެއް ށ. ފުނަދޫ ސުކޫލުގެ ގޯތިތެރޭގައި ހަރުކޮށްފިއެވެ. މިއީ ޔުނިޓީ ސްޕޯޓްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތަތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ސުކޫލްގައިވަނީ މިއަދު އެބޯޑުތައް ހަރުކުރެވިފައެވެ.

މިއީ އެ އެކަޑަމީގެ ކުދިންގެ މެދުގައި އިޖުތިމާއީ ރޫހު އާލާ ކުރުމުގެ ގޮތުންނާއި އެކަޑަމީގެ އެކި ފުރައިގެ ކުދިންގެ މެދުގައި އެކުވެރިކަމާއި އެއަބައިވަންތަކާއި ރަށުގެ އިޖުތިމާއީ މިކަހަލަ މަސައްކަތްތަކުގެ ބައިވެރިވުމުގެ މުހިއްމުކަން އެކުދިންނަށް އަންގައިދިނުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި އެ އެކަޑަމީގެ އެކި އުމުރުފުރާއިގެ 3 ފިރިހެން ކުދިން ވަނީ ބައިވެރިވެފައެވެ.

ކުރިއަށްް އޮތްތާނގައިވެސް މިފަދަ ބޯޑުތަކެއް ހަރުކުރުމަށް އެ އެކަޑަމީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަރަކާތުގައި އެއެކަޑަމީގެ ހިންގާ ކޮމެޓީ، ކޯޗުން، އެކަޑަމީގެ ކުދިން އަދި ހެޔޮ އެދޭ ފަރާތަތަކުން ވަނީ ބައިވެރިވެފައެވެ.
އެއެކަޑަމީން ވަނީ ސްކޫލަށާއި އެކި ގޮތް ގޮތުން މި ހަރަކާތަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ވަރަށް އިހްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.
advertisment
ހިޔާލު