ސީސްޕޯރޓްސް ރަންނަމާރި ޗެލެންޖް – ނޭޝަނަލް ސާރފިންގ ޗޭމްޕިއަންޝިޕް 22 ނުވެމްބަރުން 30 ނުވެމްބަރުގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 8 ދުވަހުގެ މުއްދަތަކަށް ބޭއްވޭ މި ޗެލެންޖުގައި 102 ބައިވެރިން ބައިވެރިވެފައި ވާއިރު، ބައެއް ސްކޫލުތަކުގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ. ރާއްޖޭގެ 25 ރަށެއް މި ޗެލެންގުގައި ތަމްސީލުކުރާއިރު، މި މުބާރާތް ކުރިއަށް ދާނީ 7 ޑިވިޜަނަކަށް ބަހާލެވިގެން 14 ޓީމު ބައިވެރިވާ ގޮތަށެވެ.
ހަމަމިއާއެކު، މި އަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް އަ.އެސް.އޭ ސަރޓިފައިޑް ދިވެހި ޖަޖު ޕެނަލް އެއް ވާއިރު، އިލެކްޓްރޯނިކް ސްކޯ ބޯޑުގެ އިތުރުން ޑިޖިޓަލް އެކި ވަސީލާތްތައް ބޭނުންކުރުމުގެ ސަބަބުން، މި އަހަރުގެ މުބާރާތަކީ ތާރީޚީ މުބާރާތެއްކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ޓްވީތް ކުރައްވާފައިވެއެވެ.

ރަންނަމާރި ޗެލެންޖް – ނޭޝަނަލް ސާރފިންގ ޗޭމްޕިއަންޝިޕް ގައި ބައިވެރިވެފައިވާ ސްކޫލު ކުދިންގެ ތެރޭގައި މިހާތަނަށް ބައިވެރިވެފައިވާ ދަރިވަރުންނަކީ ގދ.ވާދޫ، ޖަމާލުއްދީން ސްކޫލުގެ 2 ދަރިވަރުން؛ ގްރޭޑް 10 ގެ ދަރިވަރު އަޙްމަދު މިސްކް އަދި ގްރޭޑް 7 ގެ ދަރިވަރު އަޙްމަދު މިސްކް، ގދ.ގައްދޫ، ގދ.އަތޮޅު ސްކޫލުގެ 2 ދަރިވަރު؛ ގްރޭޑް 10އެސް ގެ ދަރިވަރު އަޙްމަދު ސާއިފް ވަޙީދު އަދި ގްރޭޑް 10ބީ ގެ ދަރިވަރު މުޙައްމަދު ޖިނާން އަދި މ.މުލި، މ.އަތޮޅު އެޑިޔުކޭޝަން ސެންޓަރ ގެ ދަރިވަރު ޝާނިފް ޝަފީޤް އެވެ.

މި ހުރިހާ ސްކޫލަކުންވެސް ވަނީ، ބައިވެރިވާ ދަރިވަރުންނަށް މަރުޙަބާ ކިޔާ މުބާރާތުން ކާމިޔާބު ލިބުމަށް އެދިފައެވެ.
ހިޔާލު