އަތޮޅުތަކުގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލު ކުރައްވައިފި

"މަތީ އަރުތަވެރިންގެ އިނާމު 2019″ގެ ޖަލްސާގައި ބައިވެރިވުމަށް މާލެ ވަޑައިގެންނެވި އުޅުއްވާ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ސުކޫލުތަކުގައި ހައްލު ނުވެ ގިނަދުވަސްވެފައިވާ، ކަންބޮޑުވާ މައްސަލަތުގެ ވާހަކަތައް ސުކޫލްތަކުގެ ޕްރިންސިޕަލުން ވަނީ މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ. އަދި ސުކޫލްތަކުގައި ޕްރިންސިޕަލުންވަނީ އެފަރާތްތަކަށް ދިމާވާ އެކިއެކި ދަތިތަކާއި ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މި ކަންކަމަށް ހޯދޭނެ ހައްލުތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަ ދަައްކާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަރަށް އެކުވެރި މާހައުލެއްގައި ސުކޫލެއްގެ ވާހަކަ ދައްކާލައިި ބިނާ ކުރުވަނިވި ހިޔާލާއި ވާހަކަތައް އަޑުއިވިގެން ދިޔަކަމަށެވެ. މިހާރު ކުރިއަށްދާ މި ބައްދަލު ވުމަކީ ވަރަށްް ކާމިޔާބު ބައްދަލުވުމެއް ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *