އެމެރިކާގެ ޔުނިވަރސިޓީތަކުގެ ހުރި ފުރުސަތުތައް ކިޔައިދިނުމުގެ ސެޝަންތަކެއް، އެމެރިކަން ސެންޓަރ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއިން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތަކަކީ "ޔޫއެސް އިން މޯލްޑިވްސް" އިން އިންތިޒާމްކުރި މިފަދަ 3 ވަނަ ސެޝަންއެވެ.

މިސެޝަން ނަގައިދީފައިވަނީ އެމެރިކާގެ ޕަބްލިކް އެފެއާރޒް އޮފިސަރ ލޭންސް އެރިކްސަން އެވެ. މި ސެޝަންގައި ކުދިންނާ ވާހަކަދައްކަވަމުން، އެމެރިކާގެ ޔުނިވަރސިޓީތަކަކީ ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ ޔުނިވަރސިޓީތަކެއް ކަމަށާއި، ދުނިޔޭގެ ގަދަ 10 އެއްގެ ތެރެއިން 8 ޔުނިވަރސިޓީއަކީ އެމެރިކާގެ ޔުނިވަރސިޓީތައް ކަމަށް ލޭންސް އެރިކްސަން ވަނީ ވިދާޅުވެފައެވެ.

އެރިކްސަން ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން، އެ ދާއިރާތަކުގެ ޕްރޮފެސަރުންގެ ތަޖުރިބާތައް އުނގެނުމުގެ ފުރުސަތު އެމެރިކާގެ ޔުނިވަރސިޓީތަކުން ލިބޭނެކަމަށާއި މީގެ ތެރޭގައި ޤާނޫނީ ދާއިރާ، ތިމާވެށީގެ ދާއިރާ އަދި ވިޔަފާރިގެ ދާއިރާ ވަކިން ހާއްޞަކޮށް ފާހަގަކުރެއްވިއެވެ
އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި މި ސެޝަންގައި ޤައުމީ ޔުނިވަރސިޓީ އަދި ވިލާކޮލެޖުން ޖުމްލަ 64 ދަރިވަރުން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު