ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބެޗެލާޒް އޮފް ސައިންސް ހަދަމުންދާ ދަރިވަރުން އެންސިސް ފެކްޓަރީއަށް ޒިޔަރަތްކޮށްްފިއެވެ.
މިކުދިން މި ފެކްޓަރީއަށް ކުރި ޒިޔާރަތުގައި އެންސިސް ފިޝަރީޒްގެ ފަރާތުން މި ދާއިރާގައި ހުރި ގިނަ ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. ބެޗެލާޒް އޮފް ސައިންސް ހަދަމުންދާ ދަރިވަރުން ވަނީ އެކުދިންގެ ކިޔެވުމާ ގުޅޭ އެކިއެކި މައުޟޫތަކުގެ މައުލޫމާތު ހޯދާފައެވެ.
މި ޒިޔާރަތުގައި އެންސިސްއިން ވަނީ އެ މަސައްކަތްތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ދީފައެވެ. އެ ދަރިވަރުން ވަނީ ފެކްޓްރީގައި ހިގަމުންދިޔަ މަސައްކަތްތައް ބަލައި މަސް ޕޮރޮސެސް ކުރާނެ ގޮތާއި މިދާއިރާގައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ހޯދައި ނޯޓްކޮށްފައެވެ. ކުރިއަށް އޮތްތާނގައިވެސް ސްކޫލްތަކަށް މިފަދަ ފުރުސަތުތަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
advertisment
ހިޔާލު