ޝުއާއު: 2019 ވަނަ އަހަރު، ޖަމާލުއްދީން ސްކޫލްގެ އެއްވަނަ ދަރިވަރު

ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލުން 2019 ވަނަ އަހަރު އެއްވަނައަށް ދިޔަ ޝުއާއު ((ކ)އިން ތިންވަނައިގައި، އަދި (ކ) އިން ދެވަނައިގައި ދެވަނައަށް ދަރިވަރު ޝާއިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، އަދި ޕްރިންސިޕަލް ހަސަން މުޙައްމަދާއެކު ފޮޓޯއަކަށް ހުއްޓިގެން: ޖަމާލުއްދީން ވަނީ މުޅި ރާއްޖެއިންވެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައި.

2019 ވަނަ އަހަރު، ޖަމާލުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޝުޢާއު މުޙައްމަދު އާދަމް ހޮވައިފިއެވެ.

ރޭ، ޖަމާލުއްދީން ސްކޫލުގައި ބޭއްވި 2019 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި ޝުޢާއަށް އެންމެ މޮޅު ދަރިވަރުގެ މަގާމު އިޢުލާނުކޮށް އެ ޝަރަފު ހަވާލުކޮށްދެއްވީ ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ޑރ. ޢަބްދުﷲ މަޢުޞޫމެވެ.

ޝުޢާއު އަކީ 2019 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ ފިރިހެން ކެޕްޓަނެވެ. އަދި އޯލެވެލް ގަދަ 10 ގެ 2 ވަނައިގައި ހިމެނުނު ދަރިވަރެކެވެ. މީގެ އިތުރުން ކޮމްޕިއުޓަރ ސައިންސްއިން ރާއްޖެއިން 1 ވަނަ އާއި މުޅި ދުނިޔެއިން 3 ވަނަ ވެސް ޝުޢާޢު ހޯދާފައިވެއެވެ. ޝުޢާޢުއަކީ  އަދަބީ ހުނަރުތަކުން ވެސް ފާހަގަ ކުރެވުނު ދަރިވަރެކެވެ.

2019 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ ޝާއިން މުޙައްމަދު ރިފްޢަތެވެ. ޝާއިންއަކީ 2019 ވަނަ އަހަރު ސްކޫލުގެ ޑެޕިއުޓީ ފިރިހެން ކެޕްޓަނެވެ. ޝާއިން ވަނީ މުޅި ރާއްޖެއިން 1 ވަނަ އާއި ހިސާބު، ބަޔޮލޮޖީ، ފިޒިކްސް މި ތިން މާއްދާއިން ވެސް މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. އަދި ބަޔޮލޮޖީއިން މުޅި ދުނިޔެއިން ވެސް 1 ވަނަ ހޯދާފައެވެ. 2019 ވަނަ އަހަރު ބޭއްވުނު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން ވެސް ޝާއިން ވަނީ 1 ވަނަ ހޯދާފައިއެވެ.

2019 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ ނާޝާ ނަސީމެވެ. ނާޝާއަކީ 2019 ވަނަ އަހަރު ސްކޫލުގެ އަންހެން ކެޕްޓަނެވެ. ނާޝާ ވަނީ ރާއްޖޭގެ އެންމެ މޮޅު 10ގެ ތިންވަނައިގައި ހިމެނިފައެވެ.

ރޭ ބޭއްވުނު އިނާމު ދިނުމުގެ ޖަލްސާގައި ގްރޭޑް 9 ގެ 23 ދަރިވަރަކަށް އިނާމު ދީފައިވާއިރު 51 ދަރިވަރަކަށް އިނާމު ދީފައިވެއެވެ. އަދި ޔުނިފޯމު ހަރަކާތްތަކުން ފާހަގަކުރެވުނު ދަރިވަރުންނަށާއި ސްކޫލް ފެންވަރާއި ގައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވުނު ދަރިވަރުންނަށް ވެސް އިނާމު ދީފައިވެއެވެ. ދަރިވަރުންނަށް އިނާމުތައް ބައްސަވައިދެއްވީ ޓުއަރިޒަމް  މިނިސްޓަރުގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރީންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *