2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން، ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކު ހޯދާ، ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 42 ދަރިވަރުން ހިމެނިއްޖެއެވެ. އަދި އެގާރަ ކުއްޖަކު ވަނީ ހައި އެޗީޗްމަންޓް އެވޯޑް ހޯދާފައެވެ. މި އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި 419 ދަރިވަރުން ހިމެނިފައިވާއިރު، ދިހަ ދަރިވަރަކު އެއްވަނައިގައި ހިމެނުނެވެ.
2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގައި 4987 ދަރިވަރުން ބައިވެރިވިއިރު، ތިން މާއްދާއިން ފާސްވި ނިސްބަތަކީ 67 އިންސައްތައެވެ. ފަސް މާއްދާއިން މަތިން ފާސްވި ނިސްބަތަކީ 68.3 އިންސައްތައެވެ.

ގަދަ ދިހައެއްގެ ދެ ވަނަ 21 ދަރިވަރަކަށް، ތިންވަނަ 27 ދަރިވަރަކަށް ލިބިފައިވެއެވެ.
ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުން:
- އީމާން ސަހީލް ޖަލީލް، އަމީނިއްޔާ ސްކޫލް، ޓްރެވަލް އެންޑް ޓޫރިޒަމް ސްޓަޑީޒް ދުނިޔެއިން އެއްވަނަ
- ޝާއިން މުޙައްމަދު ރިފްއަތު، ޖަމާލުއްދީން ސްކޫލް، ބައިލޮޖީ
- ރިއާ ހުސައިން ފިރާގު، އަހުމަދިއްޔާ ސްކޫލް، ބިޒްނަސް ސްޓަޑީޒް
- ފާތިމަތު ޒައިނާ ނައީމް، އަމީނިއްޔާ ސްކޫލް، ހިސްޓްރީ
- އައިޝާ ރަޒާ ނާޒިމް، ޝަރަފުއްދީން ސްކޫލް، މެރިންސައިންސް

ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުން
* އައިޝަތު ޝައިބާން، ހުޅުމާލެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
* އީމާން ސަހީލް ސަލީލް، މާލެ، އަމީނިއްޔާ ސްކޫލް
* ފާތިމަތު ނަބާހާ ހުސެއިން، ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލް
* ފާތިމަތު ޝާހާ ހުސެއިން، ނ. ހޮޅުދޫ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
* މަރިޔަމް ޖަނާ ޖިނާން، މާލެ، އަމީނިއްޔާ ސްކޫލް
* މަރިޔަލް ލައިސާ ހުސެއިން ހަމީދު، ދ. ކުޑަހުވަދޫ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
* މުހައްމަދު މީކާއިލް ޔާސިރު، ސ. ފޭދޫ، މަޖީދިއްޔާ ސްކޫލް
* މުހައްމަދު ނާހިލް އަހުމަދު، ބ. އޭދަފުށީ، ބ. އަތޮޅު ތައުލީމީ މަރުކަޒް
* މުހައްމަދު ޒައުލް އަޒްމީލް، ގދ. ތިނަދޫ، އިސްކަންދަރު ސްކޫލް
* ޝާއިން މުހައްމަދު ރިފްއަތު، ބ. އޭދަފުށީ، ޖަމާލުއްދީން ސްކޫލް
2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ ވަނަތައްް
އެއްވަނަ : 10 ދަރިވަރުން
ދެވަނަ: 21 ދަރިވަރުން
ތިންވަނަ: 27 ދަރިވަރުން
ހަތަރުވަނަ: 26 ދަރިވަރުން
ފަސްވަނަ: 34 ދަރިވަރުން
ހަވަނަ: 40 ދަރިވަރުން
ހަތްވަނަ: 49 ދަރިވަރުން
އަށްވަނަ: 57 ދަރިވަރުން
ނުވަވަނަ: 66 ދަރިވަރުން
ދިހަވަނަ: 89 ދަރިވަރުން
advertisment
ހިޔާލު