ފަސްޓްލެންގުއޭޖްގެ ގޮތުގައި އިނގިރޭސި ޕޭޕަރު ހެދޭނެ ފުރުޞަތު ދަރިވަރުންނަށް ދޭންޖެހޭ: އެޑިއުކޭޝަން މިނިސްޓަރު

"ފަސްޓްލެންގުއޭޖް"ގެ ގޮތުގައި އިނގިރޭސި ޕޭޕަރު ހެދޭނެ ފުރުޞަތު ދަރިވަރުންނަށް ދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގެ މަތީ އަރުތަވެރިން އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ފަސްޓްލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާ ހެދުމުގެ ފުރުޞަތު މީގެ ކުރިން ދެމުން އައި ކަމަށާއި، އެ ފުރުޞަތު ދަރިވަރުންނަށް މިހާރު ދޭންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިނގިރޭސި ވިލާތުގައި އޯލެވެލް އިމްތިޙާނުގައި އިށީންނަ ދަރިވަރުންގެ 60 އިންސައްތަ ދަރިވަރުން ނުވަ މާއްދާއަށްވުރެ ގިނަ މާއްދާގައި އިށީންނަ ކަމަށާއި، ރާއްޖޭގެ ދަރިވަރުން ހަދަނީ އަށް މާއްދާކަމަށެވެ.

" އިގިރޭސި ވިލާތުގެ ދރިވަރުން އިށީންނަ އިގިރޭސި ފަސްޓްލެންގުއޭޖް ޕޭޕަރު ހަދަމުންދާތާ 40 އަހަރުފަހުން ދިވެހި ދަރިވަރުން އިށީންނަ އިނގިރޭސި ޕޭޕަރަށް ބަދަލުއައީ. އަޅުގަނޑަށް ވިސްނޭގޮތުގައި ކުރިއެކޭ އެއްގޮތަށް އެކަމަށް ބޭނުންވާ ކުދިންނަށް ފަސްޓްލެންގުއޭޖް ޕޭޕަރުގައި އިށީދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަކީ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ކޮށްދެވޭނެ ކަމެއް" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ސާނަވީ އިމްތިޚާނުގެ ގައުމީ ގަދަ ދިހައެއްގައި 419 ދަރިވަރުން ހިމެނިފައިވާއިރު، މިނިސްޓަރު ވިދާޅުވީ ދަރިވަރުން ރާއްޖޭގެ ތައުލީމު ކުރިއަރާނީ ބެލެނިވެރިންނާއި ޓީޗަރުން ދަރިވަރުންނާ މެދު ދެކޭގޮތް ކުރިއަރުވައިގެން އެ އުއްމީދުތައް މަތިކޮށްގެންނެވެ. އަދި ވިދާޅުވީ

ދަރިވަރަކާ ދޭތެރޭގައި މައިންބަފައިންނާ ޓީޗަރުން އަދި ގައުމު ދެކޭގޮތުން އެ ދަރިވަރެއްގެ ނަތީޖާއަށް އަސަރުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ އެންމެ ބޮޑު އަސަރެއް ކުރުވާ އެއްކަމަކީ، ކުުދިންނަށް ކިޔެވޭނެ މިންވަރާއި ނެރެވޭނެ ނަތީޖާއާ އުއްމީދުތައް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމެވެ.

" ކުދިން މޮޅުވާނެ ކަމަށް ޓީޗަރަކު ދެކި، އެކަން އެ ކުދިންނަށް ހާމަކުރާނަމަ އެ އުއްމީދުކުރާ ވަރަށް ނަތީޖާ ލިބޭތޯ ދަރިވަރުން ބަލާނެ" ކުދިންނާމެދު ކުރާ އުއްމީދު މަތިކުރުމަށް ހިތްވަރު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

"ކުއްޖަކު ކިޔެވުމަށް ދެރަވާނެ ކަމަށް މުދައްރިސުން ދެކި އެކަން އެ ކުދިންނަށް ހާމަކުރާނަމަ ތޫނު ފިލި ކުދިން ވެސް ނެރޭނީ ދެރަ ނަތީޖާއެއް،"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *