ފ. މަގޫދޫ ސްކޫލްގެ ބީޓެކް ކިޔަވާ ދަރިވަރުންނަށް ކެއްކުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލްގެ ގްރޭޑް 9ގެ ބީޓެކް ކިޔަވާ ކުދިންވަނީ ބައިވެރިވެފައެވެ. ކެއްކުމުގެ މި ހަރަކާތަކީ ބީޓެކް ކިޔަވާ ކުދިން ސްކޫލް ނިންމުމަށްފަހު މަސައްކަތުގެ މާހައުލަށް ނިކުންނައިރު ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އެ ދާއިރާގެ ކުރަންޖެހޭ މަސައްކަތްތަަކުގެ ތެރެއިން ޝެފަކަށްވާން ބޭނުންވާ ކުދިންނަށް އެހުނަރު ދަސްކޮށްދިނުމުގެ ގޮތުން އެ ސްކޫލުން ފެށި ހަރަކާތެކެވެ. މި ހަރަކާތުގައި ތިއަރީބައި ކުދިންނަށް ކިޔައިދީ ނިމުމާއިއެކު އަމަލީ ގޮތުން ކެއްކުން ކުރިއަށް ގެންގޮސްފައިވަނީ އެސްކޫލްގެ ރެސްޓޯރަންޓްގައެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހަމީދު ވިދާޅުވީ އެކުދިންނަށް މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި، އެ ރަށުގައި އުޅޭ ރިސޯޓްތަކުގެ ކުދިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށެވެ.
އެއީ އެކުދިން ޗުއްޓީއަށް ރަށަށް އައިސް ތިބި ވަގުތުގައި ބީޓެކް ކުދިންނަށް މައުލޫމާތު ފޯރުކޮށްދީ އަދި އަމަލީ ގޮތުން މިހަރަކާތުގައި އެފަރާތްތަކުން ވެދިން އެހީތެރިކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުދިން ސާފުތާހިރުކޮށް ކަންތައްތައް ކުރުމާއި ވަޒީފާގެ މާހައުލުގައިި ހަރަކާތްތެރި ސާފުތާހިރު ކުދި ބަޔަކަށް އެކުދިން ހެދުމެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ ކުރިއަށް ދެެން އޮތީ އެ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ބީޓެކްގައި ކިޔަވަމުންދާ ދަރިވަރުން ތަޖުރިބާ ކުރުމުގެ ދަތުރެއްގައި ސަން އައިލެންޑް ރިސޯޓަށްއަށް ގެންދިޔުމެވެ. މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
advertisment
ހިޔާލު