މިއަދަކީ ޒެޑެކް ސްޓަޑީ އެބްރޯޑްގެ ރީބްރޭންޑިންގއަށް އެއް އަހަރު ފުރޭ ދުވަހެވެ. ތަޢުލީމީ ދާއިރާގެ ކޮންސަލްޓެންސީގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިފައިވާ ޒެޑެކްއިން އަންނަނީ މި ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ.
ރީބްރޭންޑް ކުރި ފަހުން، ޒެޑެކް މެދުވެރިކޮށް މިހާތަނަށް 200 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ ކުންފުނީގެ ނެޓްވޯކް މިހާރު ވަނީ 16 ޕާޓްނަރ ޔުނިވަރސިޓީއަކަށް ފުޅާކޮށްފައެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ކައުންސެލިންގ، ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދިނުން، ވިސާގެ ކަންކަމާއި ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގައި ޒެޑެކްއިން އެހީތެރިކަން ފޯރުކޮށްދެނީ އެއްވެސް ފީއަކާ ނުލައެވެ.

ޒެޑެކް ސްޓަޑީ އެބްރޯޑުން ކޮންމެ އަހަރަކަށް ވެސް "ގިވް އަވޭ" އެއް ކަނޑައަޅައެވެ. މި އަހަރުގެ ވްއަވޭގެ ނަސީބުވެރިޔާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ގައެވެ. ނޮވެމްބަރު 2026 ގެ އިންޓޭކަށް ކުރިމަތިލާ ދަރިވަރުންނަށް، ކެމްޕޭނުގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދިވެސް މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
2027ވަނަ އަހަރު ޒެޑެކް މެދުވެރިކޮށް ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ "2027 ގިވްއަވޭ" ގެ ފުރަތަމަ މަރުޙަލާ ޒެޑެކްއިން ވަރަށް އަވަހަށް ފަށާނެއެވެ. މި ގިވްއަވޭއާ ގުޅޭ އިތުރު ތަފްޞީލުތައް ޒެޑެކްގެ ރަސްމީ މީސްމީޑިއާ މަންސަތަކުގައި ހާމަކުރަމުންދާނެއެވެ. އެހެންކަމުން، ކުރިއަށް ހުރި އިޢުލާނުތަކާއި ބައިވެރިވާނެ ގޮތުގެ މަޢުލޫމާތު ހޯދުމަށް ޒެޑެކްގެ ޕޭޖުތަކަށް ފޮލޯކުރުމަށް ދަރިވަރުންނަށް ބާރުއަޅަމެވެ.

ޒެޑެކްގެ ރީބްރޭންޑިންގއަށް ފުރުނު ފުރަތަމަ އަހަރަކީ، 200 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، 16 ޔުނިވަރސިޓީއަކާއެކު ގުޅުން ޤާއިމުކުރެވުނު ކާމިޔާބު އަހަރެކެވެ. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، "Guiding Your Future, Beyond Borders" ގެ ޝިޢާރުގެ ދަށުން ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒެޑެކް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
advertisment
ހިޔާލު