ދެވަނަ ޓާމުގެ ދަސްވެނިވުން 29 ވަނަ ދުވަހު އެމްއެންޔޫއިން ބާއްވަނީ

ދެވަނަ ޓާމުގެ ދަސްވެނިވުން މި މަހު 29 ވަނަ ދުވަހު ބާއްވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން ބުނީ، ދެވަނަ ޓާމުގެ ދަސްވެނިވުން ތިން ދަންފަޅިއަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

29 ވަނަ ދުވަހުގެ ހެނދުނު ބާއްވާ ފުރަތަމަ ސެޝަނުގައި ދަސްވެނިވާނީ، ނާސިންގ ދާއިރާއިން ބެޗްލާސް ޑިގްރީ ނިންމައި، ނާސިންގ ސްކޫލުން ދަސްވެނިވާ ދަރިވަރުންނެވެ.

ދެވަނަ ދަންފަޅި ކުރިއަށް ގެންދާނީ 29 ވަނަ ދުވަހުގެ މެންދުރުއެވެ. އެ ދަންފަޅީފައި ދަސްވެނިވާނީ، ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސާއި ފެކަލްޓީ އޮފް އާޓްސްއާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ފެކަންޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒާއި ފެކަލްޓީ އޮފް ޝަރީއާއިން ލޯ އާއި ބިޒްނަސް ސްކޫލެވެ. ފ

ތިންވަނަ ސެޝަނުގައި ދަސްވެނިވާނީ، ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި ފެކަލްޓީ އޮފް ހެލްތް ސައިންސާއި ސްކޫލްސް އޮފް ނާސިންގެ މާސްޓަރސް ކޯހުން ދަސްވެނިވި ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *