އޯލެވެލް ނަތީޖާއާއެކު އިމްތިހާނުތަކުގައި ދަރިވަރުންދިން ޖަވާބުތަކުގެ ސްކްރިޕްޓާއި މާކްސް ވެސް ސްކޫލުތަކަށް ފެންނާނެ

އޯލެވެލް ނަތީޖާއާއެކު އިމްތިޙާނުގައި ދަރިވަރުންދިން ޖަވާބުތަކުގެ ސްކްރިޕްޓާއި މާކްސް ވެސް ސްކޫލުތަކަށް ފެންނާނެ ގޮތަށް ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމާއި ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިފަހަރުގެ ކެމްބްރިޖްގެ ނަތީޖާ އަންނައިރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އިމްތިހާނު ހަދާ ދަރިވަރުންނަށް ނަތީޖާ ލިބޭއިރު ސްކޫލްތަކަށް އެ ދަރިވަރު ހެދި އިމްތިޙާނު ކަރުދާސް ފެންނާނެކަމަށެވެ.

ވަޒީރު ވިދާޅުވެފައި ވަނީ، ނަތީޖާއާއެކު ކުދިން އިމްތިޙާނު ހަދާފައިވާ ހުރިގޮތާއި ލިބުނު މާކްސްވެސް ފެންނާނެ ކަމަށާއި ޖަވާބުދިން ގޮތުގެ "ސްކްރިޕްޓް" މުދައްރިސުންނަށް ފެނުމުން ރީޗެކަށް ކުރަންޖެހޭ މަސައްކަތް ލުއިވާނެ ކަމަށެވެ.

އެކި ސެންޓަރުތަކުން އިމްތިހާން ހަދާ ދަރިވަރުން ދޭ ޖަވާބުތައް އެނގުމަކީވެސް ސްކޫލްތަކަށް ލިބޭނެ މުހިއްމު މަޢުލޫމާތަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށީ މިމަހުގެ 20ގައެވެ. ނިމޭނީ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވާއިރު، އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *