ދަރިވަރުންގެ ދިރާސީ ޕްރޮޕޯސަލާއި ތީސީސްތަކަށް ޚާއްޞަކޮށްގެން އައިޔޫއެމްއިން ބާއްވާ ރިވެލި މުބާރާތް އަންނަ ހޮނިހިރު ދުވަހު

ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާގައި ދިރާސާކުރުމުގެ ހުނަރު ކުރިއަރުވައި، ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ޢިލްމީ މަސައްކަތްތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ދަރިވަރުން އިސްނަގައިގެން އިންތިޒާމުކުރާ "ރިވެލި 2026″ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާނެއެވެ.މި މުބާރާތް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.

މި މުބާރާތުގައި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ ތެރެއިން ވިލާ ކޮލެޖްގެ  ޕޯސްޓްގްރެޖުއޭޓް ދަރިވަރުންވަނީ  ބައިވެރިވެފައެވެ. އަދި  މި މުބާރާތުގައި ދަރިވަރުންގެ ޕްރޮޕޯސަލް އަދި ތީސީސް ހުށަހެޅުންތައް ދިވެހި އަދި އިނގިރޭސި ބަހުން ކުރިއަށް ގެންދެވޭނެއެވެ.

މި މުބާރާތް އެކުލެވިގެންވަނީ މައިގަނޑު ދެ ގިންތިއަކަށެވެ. މި ގިންތިތަކުގެ ތަފްޞީލު ތިރީގައި އެވަނީއެވެ:

  1. ތްރީ މިނިޓް ތީސީސް (3MT) – ތީސީސް ހުށަހެޅުން:
    މި ބައިގައި ހިމެނެނީ ދަރިވަރުގެ މުޅި ދިރާސާ، ހޯދާފައިވާ ހޯދުންތަކާއިއެކު 3 މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައި ހުށަހަޅައިދިނުމެވެ.
  2. ޕްރޮޕޯޒަލް ޕިޗް – ދިރާސީ ޕްރޮޕޯޒަލް ހުށަހެޅުން:
    މި ބައިގައި ހިމެނެނީ ދަރިވަރުން ގެ ދިރާސީ ޕްރޮޕޯޒަލްގައި ހިމެނޭ މައިގަނޑު ބައިތައް 5 މިނެޓަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހުށަހަޅައިދިނުމެވެ. މި މުބާރާތުގެ ދެ ގިންތިން 1 ވަނަ، 2ވަނަ އަދި 3ވަނަ ވއަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އަދި މި މުބާރާތްތަކުގެ އިތުރުން ރިވެލީގައި ކުރިއަށް ގެންދެވޭ އިތުރު ހަރަކާތް ތަކުގެ ތެރޭގައި ރިވެލި ކަނެކްޓް، އައި. ޔޫ.އެމް ޕޮޑްކާސްޓް ލޯންޗް ކުރުމާއި އަދި   RIM Talk ( ރިސަރޗް، އިނޮވޭޝަން، މޯޓިވޭޝަން) ގައި ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހިތުގެ ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. އައިޝަތު އެލީނާ ވާހަކަދައްކަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *