މި އަހަރުގެ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައި.ޕީ.ޔޫގެ މިއަހަރުގެ ޝިއާރު ކަމަށްވާ "އިންސާނީ ޙައްޤުތަކަށް އިސްކަންދިނުން" ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޕާލަމެންޓަރީ އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ޤާނޫނުއަސާސީއާއި، އެންމެހައި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ އެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ދަރިވަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިމާރާތް ބަލައިލުމުގެ ފުރުޞަތު ދީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ.

މި ޕްރޮގްރާމް ނިންމާލާފައިވަނީ "ސްޓޫޑަންޓް ލެޖިސްލޭޓިވް ލެބް" ހަރަކާތަކުންނެވެ. މި ހަރަކާތުގައި، ޤައުމީ މައްސަލަތައް މަޖިލީހަށް ހުށަހެޅޭނެ ތަފާތު ގޮތްތަކާއި، އެފަދަ ކަންކަމުގައި މަޖިލީހުގައި ބަހުސް ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން ދަރިވަރުން ވަނީ ޢަމަލީ ގޮތުން މަޢުލޫމާތު ހޯދާފައެވެ.
advertisment
ހިޔާލު