ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ޑީންގެ މަގާމަށް ޑރ. ސުނީނާ ރަޝީދު އައްޔަން ކުރައްވިފިއެވެ.
ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ޑީންގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެކަމަށް ޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
ޑރ. ސުނީނާ ރަޝީދު ވަނީ، 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިއުކޭޝަން ހާސިލުކުރައްވާފަވެ. ޑރ. ސުނީނާ ރަޝީދު މި ޔުނިވަރސިޓީގެ ޑީން ކަމުގެ މަޤާމާ ގުޅިވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އައިޔޫއެމްގެ ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންގެ މަޤާމުގައެވެ.

ޑރ. ސުނީނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން އައިޔޫއެމްއާ ގުޅިވަޑައިގަތުމާ ހަމައަށް އެވިޑް ކޮލެޖުގެ ހިންގުމުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. މިގޮތުން، އެ ކޮލެޖުގެ ރިސަރޗް އެންޑް އިނޮވޭޝަން ފެކަލްޓީގެ ޑީންކަމާއި، ޑެޕިއުޓީ ވައިސް ރެކްޓަރ، ވައިސް ރެކްޓަރ އަދި 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް ކޮލެޖުގެ ރެކްޓަރ ކަންވެސް ކުރައްވާފައިވެއެވެ.
advertisment
ހިޔާލު