ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން، އެކްސެލް އިނޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ރަމްޒުކޮށްދިނީ 900 އަތްތިލައިގެ ނިޝާން

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނާ އެކުދިންގެ މުދައްރިސުންގެ ފަރާތުން، انا مسلم (އަހަންނަކީ މުސްލިމެއް) ޖަހައި، 900 އަތިލައިގެ ނިޝާން

ޖަހާފައިވާ ބެނާއެއް ދައްކާލައިފިއެވެ. ދިވެހިރާއްޖެ އިސްލާމްދީންމަތީގައިދެމިތިބި ކޮންމެ އަހަރަކަށް އަތްތިލައެއްގެ ނިޝާނެވެ. މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އަހަންނަކީ މުސްލިމެއްކަމަށް އިޢުތިރާފުވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި އެކްސެލް އިންޓަރނޭޝަނަލް ސްކޫލާ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތް އޮތީ 5 ސެޕްޓެންބަރު 2026 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް،

އިސްލާމީ މަރުކަޒާއިންވެގެންއޮންނަ މާބްލް ސަރަޙައްދުގައިބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. 900 އަހަރަށް 900 އަތްތިލައިގެ ނިޝާން ޖަހައި އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ދައްކާލި މި ބެނާ

ހިފަހައްޓައިގެންތިބެ އެކުދިން، ޢަރަބި ބަހުން ކިޔަމުންދިޔަ މަދަޙައިގައި އެކުދިންބުނަމުންދިޔައީ، އިސްލާމް ދީނުގެ ހިދާޔަތް  ދެއްވިކަމަށްޓަކާ މާތް ﷲ އަށް ޙަމްދުކުރަމެވެ. އިސްލާމް ދީނުގެ ހިދާޔަތް ނުލިބުނުނަމަ، އަހަރެމެންވީހީ ނަރަކައިގެ

ދަރަށެވެ.

މި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިން ޝައުޤުވެރިވާފަދަ ގިނަ ސްޓޯލްތަކާއެކު، އިސްލާމްދީނުގެ ރުކުންތަކާއި ރިވެތި އަޚްލާޤާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހެނާއާރޓް، ފޭސްޕެއިންޓިން އަދި ތަފާތު ކުޅިވަރުތަކާއި

މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނުނެވެ. އަދި ކުދިންބައިވެރިވާ ކޮންމެ ޙަރަކާތަކުން ކޮންމެ ކުއްޖަކަށްވެސް ޚާއްޞަ

ހަދިޔާއަކާއި ބެޖެއްވެސް ލިބުނެވެ.

މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި ޤައުމީ އަސާސްތައް ދަމަހައްޓައި، ޅަފަތުއްސުރެ ދަރިވަރުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރުކުރުމެވެ. އަދި އިސްލާމް ދީނުގެ

ހިދާޔަތް ދެއްވިކަމަށްޓަކާ މާތް ﷲ އަށް ޙަމްދުކުރަން ދަސްކޮށްދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *