ހދ. އޭއީސީގެ މުދައްރިސުންނަށް ޒަމާނީ ވޯކިންގ ޝްޓޭޝަން ހަދަން ޕީޓީއޭއިން 1ލައްކަ ރުފިޔާގެ އެހީއެއް

ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުން މަސައްކަތް ކުރާނެ ޒަމާނީ ވޯކިންގ ސްޓޭޝަން ހަދަން އެ މަރުކަޒުން ކުރިއަށް ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޕީޓީއޭއިން 102,500 ރުފިޔާގެ އެހީއެއް ވެދީފިއެވެ. މި އެހީ ޕީޓީއޭގެ ފަރާތުން ހަދިޔާ ކުރީ މުދައްރިސުންގެ ދުވަހު މުދައްރިސުންނަށް ދިން ހަދިޔާގެ ގޮތުގައެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، އެ މަރުކަޒުގެ މުދައްރިސުން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ދަތީގައި ކަމަށާއި ވަކިވަކި މުދައްރިސުންނަށް ޚާއްޞަ ގޮނޑިއެއް މޭޒެއް ނެތި ކަމަށާއި ބައެއް ފަހަރު ސްޓާފް ރޫމުން ޖާގަ ނުލިބިގެން ބޭރުގައި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެ މަރުކަޒަށް ދިމާވެފައިވާ އެންމެ އުނދަގޫ އެއް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ގްރާންޓްގެ ދަށުން 100،000 ރުފިޔާއެއް އެހީއެއް މީގެ ކުރިން ލިބިފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އެހީއާއެކު ޒަމާނީ ފެންވަރަށް "ވޯކިންގ ކެބިނެޓް" ތައްޔާރު ކުރަށް 102,500ރުފިޔާ އިތުރަށް ބޭނުންވި ކަމަށާއި ޕީޓީއެއް ހަދިޔާ ކުރީ އެ މަސައްކަތަށް އިތުރަށް ބޭނުންވާ ފައިސާގެ އެހީ ކަމަށް މަތީން ވިދާޅުވިއެވެ.

ހދ. އޭއިސީގެ މުދައްރިސުން ބޭނުން ކުރަން ހަދާ ކެބިންތަކުގެ ކުރެހުމެއް-

"ޕީޓީއޭއިން އެދުނީ "ވޯކިން ކެބިނެޓް" އަށް އިތުރަށް ބޭނުންވާ ވަރަކީ ކޮބާތޯ. އިތުރަށް ދާނެ ކަމަށް އަޅުގަނޑުމެން އެދުނު މިންވަރަށް ފައިސާގެ އެހީ ދިނީ" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވި ގޮތުގައި، ކެބިނެޓްތައް ހެއްދީ ބިޑްގެ އުޞޫލުން ބަޔަކަށް ދީގެން ބޭނުންވާ ޑިޒައިނަށް ރާއްޖެއިން ބޭރުންނެވެ. ކޮންމެ މުދައްރިސަކަށް ޚާއްޞަ ވޯކިން ކެބިންގައި ބޭޒެއްގެ އިތުރުން ކަބަޑެއްވެސް ހުންނާނެ ކަމަށް މަތީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިން ޑިޒައިނާއި ސައިޒަށް ބަލައިގެން ކެބިނެޓްތައް ހައްދާފައި ވަނީ" މަތީން ވިދާޅުވިއެވެ.

ހދ. އޭއީސީގައި 90އަށްވުރެ ގިނަ މުދައްރިސުން މިހާރު ވެސް ކިޔަވައިދެމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *