އެމްއެންޔޫގައި ކިޔަވަން ރާއްޖެއިން ބޭރުގެ 20 ދަރިވަރުން، މަރުޙަބާކީ ސަޤާފީ ސަޔަކުން

ރާއްޖެއިން ބޭރުގެ 20 ދަރިވަރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވަން ފަށައިފިއެވެ.

މިއީ މިހާ ގިނަ އަދަދެއްގެ ބޭރުގެ ދަރިވަރުން އެ ޔުނިވަރސިޓީގައި ކިޔަވާ ފުރަތަމަ ފަހަރެވެ. މި ދަރިވަރުން ނިސްބަތް ވަނީ ދިހަ ޤައުމަކަށެވެ.

ބޭރުގެ ދަރިވަރުންނަށް މަރުޙަބާކީ "ސާގާފީ ސައި – އިންޓަނޭޝަނަލް ކޮމިއުނިޓީ ގެދަރިންގ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތަކުންނެވެ.

މި އެއްވުމުގައި މި ސަގާފީ ސަގާފަތް ބައިނަލްއަގުވާމީ ދަރިވަރުންނަށް ތަޢާރަފްކޮށް، މަޝްވަރާތަކުގައި ބައިވެރިވުމާއި، އާދަކާދަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ރަހުމަތްތެރިކަން ބިނާކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް، ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، އެ ޔުނިވަރސިޓިއަކީ އެ ދަރިވަރުންގެ  ދެވަނަ ގެއަށް ހެދުމަށް ސަމާލުކަން ދެއްވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

މި ހަރަކާތުގައި ދަރިވަރުންގެ މުއްސަނދިކަމާއި ތަފާތު ގޮތްތައް ދައްކުވައިދޭ ސަގާފީ ހަރަކާތްތަކާއި، ސަގާފީ މުޢާމަލާތްތަކާއި، ކުޅިވަރުތަކާއި، ޕާފޯމަންސްތައް ހުށައަޅާދީފައިވެއެވެ.

އެމްއެންޔޫ އިން ބުނީ ކޮންމެ ސެމިސްޓާއެއްގައި ވެސް ގަވާއިދުން ސާގާފީ ސައި ބާއްވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނަށް ތައުލީމީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ސަގާފީ ގޮތުން ކުރިއަރައި ދެވޭނެ މާހައުލެއް ގާއިމް ކޮށްދޭން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *