ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ އިއްޔެގެ ނިޔަލަށެވެ.

މި މުބާރާތުގައި 119 މުއައްސަސާއަކުން 1036 ފަރާތަކުން ބައިވެރިވި ނަމަވެސް މުބާރާތުގައި ބައިވެރިވެ ކިޔެވީ 1023 ފަރާތުންނެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 412 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 29 ޙާފިޡުންނެވެ.

މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

ސަރުކާރުން ހުރިހާ ޚަރަދެއް ކޮށްގެން ބޭއްވި މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *