ޝައްފާން އޮކްސްފޯޑުން ޕީއެޗްޑީ ހާޞިލްކުރި ފުރަތަމަ ދިވެހި ދަރިވަރު

އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާޞިލްކުރި ފުރަތަމަ ދިވެހި ދަރިވަރުގެ ގޮތުގައި ވަކީލު މުހައްމަދު ޝައްފާން ދަސްވެނިވެއްޖެއެވެ.

30 އަހަރުގައި ޕީއެޗްޑީ ޙާޞިލް ކުރެއްވި ސައްފާނުގެ ތީސީސް ބިނާކުރެއްވީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ.

ކިޔެވުމުގައި ތޫނުފިލިކަން ދެއްކި ސައްފާން އޯލެވެލް އާއި އޭލެވެލްގައި ވެސް އެއްވަނަ ހޯދިއެވެ. އޭލެވެލްއިން އެއްވަނަ ހޯދުމުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން އާނާ ކިޔެވީ ލަންޑަންގެ ކިންގްސް ކޮލެޖުގައެވެ. އެންމެ މޮޅު ދަރިވަރުގެ ގޮތުގައި އެ ކޯސް ނިންމައި، މާސްޓަރސް ފުރިހަމަ ކުރެއްވީ އޮކްސްފޯޑް ޔުނިވަރސިޓީގައެވެ. އެ ޔުނިވަރސިޓީން ޕީއެޗްޑީ ފުރިހަމަކުރެއްވީ ހަރަދުގެ އެއް ބައި އޮކްސްފޯޑް ލޯ ފެކަލްޓީން ދޭ ސްކޮލަޝިޕެއްގައެވެ. އެ ސްކޮލަރޝިޕަށް އޭނާ ހޮވުނީ އެކި ގައުމުތަކުން ކުރިމަތިލި ތައުލީމީ ގޮތުން މޮޅު 319 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

ދުވަހު ނޫސް މިހާރަށް ޝައްފާން ވިދާޅުވެފައި ވަނީ، އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕީއެޗްޑީ ހެދުމަށް އޮކްސްފޯޑުން ފުރުސަތު ލިބުން ކަމަށެވެ.

ޝައްފާން އަންނަނީ އަމިއްލަ ލޯ ފާމެއް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *