މަދަރަސަތުލް އިފްތިތާހުގެ ފަތަމާ ޕްރޮގްރާމުގައި 286 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިއީ ނަފަރުގެ (އ.ތ.މ ކޮމެޓީ)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދިންނަށް އަމާޒުކޮށްގެން 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ކަމަށާއި ފަތަމާ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދަނީ އެ ސްކޫލުގެ ގުރޭޑް 1ން4ގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ.
ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ސްޕޯޓްސް މިނިސްޓްރީއާއި ސްވިމިންގ އެސޯސިއޭޝަންގެ އިންސްޓްރަކްޓަރު ނައުފަލް މޫސާއެވެ. މިކަމުގައި ނައިފަރު ފުލުހުން އެހީތެރިކަން ލިބިފައިވެއެވެ.

މަދަރަސަތުލް އިފްތިތާހުން ބުނީ، 15 ވަރަކަށް ދުވަހުގެ ތެރޭގައި 286 ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި ނައުފަލު ސަރގެ ހުނަރު ފެނިގެން ގޮސްފައިވާ ކަމަށާއި ފަތަމާ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.

"ކުރުމުއްދަތެއްގެ ތެރޭގައި ހަތަރު ގުރޭޑްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދެވުމަކީ އެއީ ކުޑަކަމެއް ނޫން. އެއީ ބުރަ އުނދަގޫ މަސައްކަތެއް" އެ ސްކޫލުން ފާހަގަކުރިއެވެ.

މަދަރަސަތުލް އިފްތިތާހުގައި 1000 އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު