މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ބައިވެރިންނަށް ސްޓައިޕެންޑަށް އެދި ހުށައަޅަން ހުޅުވާލައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ސްޓައިޕެންޑަށް ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ސްޓައިޕެންޑް ހޯދަން ފޯމް  ހުށައެޅޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖޭފެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގައި ކަނޑައަޅާ ދާއިރާތަކުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

މި ފައިސާ ދިނުމުގައި ބަލާނެ މައިގަނޑު ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ.

ސްޓައިޕެންޑް ދިނުމުގައި ބަލާ ކަންތައްތައް:

  • ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއްގައި ބައިވެރިވެގެން ކިޔަވަމުންދާ މީހަކަށްވުން.
  • ޕްރައިމަރީ، ނުވަތަ ދިވެހި އިސްލާމް މައްދާ ކިޔަވައިދިނުމަށް ތަމްރީނުވާ މީހަކަށްވުން.
  • ކޯހުގެ ކިޔެވުން ފަށާފައި ވަނީ 1 ޖެނުއަރީ 2025ގެ ފަހުން ކަމަށްވުން.
  • އުމުރުން 40އަހަރުން ދޮށީ އުމުރުގެ މީހަކަށްނުވުން.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ސްޓައިޕެންޑް ދިނުމުގައި އިސްކަންދޭނީ ޓީޗަރުން ލިބުން ދަތި ރަށްރަށުގައި ރަށްރަށުގައި މަސައްކަތް ކުރަން އެއްބަސްވާ ފަރާތްތަކަށެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމް ފެށީ 21 ރަށަކުން 135 ދަރިވަރުންނާއެކުގައެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް ފަރުމާކުރެވުފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށެވެ.
ޔުނިސެފާއި ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކަށާއި، ރަށްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *