ޔުނާން އޯޕަން ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޤާއިމްކޮށްފިއެވެ.
ޗައިނީސް ލެންގުއޭޖް ސެންޓަރު ރަސްމީކޮށް އިފްތިތާޙު ކުރުމަށް މި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން، ދެ ގައުމުގެ މެދުގައި ބަދަހި ގުޅުމެއް ބިނާކުރުމުގައި ބަހާއި ތައުލީމުގެ މުހިންމުކަން ފާހަގަކުރައްވައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ އަލިއަޅުވާލައްވާފައެވެ. ސަފީރު ކޮންގް ވިދާޅުވީ، އެ މަރުކަޒަކީ ރާއްޖެގެ ދަރިވަރުންނަށް ޗައިނާ ބަސް ދަސްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި ދެފަރާތުގެ ވިސްނުމާއި އެކުވެރިކަން ފުންކުރުމަށް ފާލަމެއްގެ ގޮތުގައި ވެސް ހިދުމަތް ކުރާނެ ތަނެއް ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ޔުނާން އޯޕަން ޔުނިވާސިޓީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް 63،000 ޔުއާންގެ އަގުހުރި ތައުލީމީ ސާމާނު ދީލަތިކަމާއެކު ހަދިޔާކޮށް، ދިވެހިރާއްޖޭ ގެ ތައުލީމާއި ތަރައްގީއަށް އެހީތެރިވުމަށް ޗައިނާއިން ދެމިއޮތް ކަމުގެ ވައުދު ރަމްޒުކޮށްދީފަ އެވެ. ޕްރޮފެސަރު ޒިއޮންގް އާއި ޑީން ސޮންގް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ- ޗައިނާ ގެ ގުޅުމުގެ މުސްތަގުބަލަށް އުންމީދު ބޮޑުކަމަށް ހިއްސާކުރައްވައި، ސަގާފީ ބަދަލުކުރުންތައް ފުޅާކުރުމާއި، ތައުލީމީ އެއްބާރުލުން އިތުރުކުރުމާއި، ޗައިނާގެ ބަހާއި ސަގާފަތް ގާތުން ތަޖުރިބާކުރުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދިނުމުގައި އެ ސެންޓަރުގެ ދައުރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރު އުފެއްދުމުން، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ތައުލީމީ އެއްބާރުލުމުގެ އާ ބާބެއް ތަމްސީލުކޮށ،ް ދަރިވަރުންގެ ހުނަރާއި ޢިލްމާއި ބައިނަލްއަޤްވާމީ ނަޒަރިއްޔާތު ފުޅާކުރުމުގެ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާ ނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު