ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ނާޒްނީން

ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ނާޒްނީން އާބްދުﷲ ހަމަޖައްސަވައިފިއެވެ.

ނާޒްނީން އެންމެ ފަހުން ހުންނެވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށެވެ. ނާޒްނީން އެ ސްކޫލުގައި  މަސައްކަތް ކުރައްވާތާ ފަސް އަހަރު ވެއްޖެއެވެ.

ނާޒްނީނަށް، ސ. އަތޮޅު މަދަރުސާއިން ޚާއްޞަ މަރުހަބާއެއް މިއަދު ވަނީ ދަންނަވާފައެވެ.

ދަރިވަރު ނޫހަށް ނާޒްނީން ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ އަޅުއްވައިދެއްވާފައިވާ ބިންގަލުގެ މަތީގައި، އިތުރު ހަރުފަތްތަކަށް އެ ސްކޫލް ކުރިއަށް ގެންދަން ކަމަށެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ނާޒްނީން ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ވިދާޅުވީ، ދުވަސްތަކެއްފަހު އެ ސިޓީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ އުފަލެއް ކަމަށެވެ.

ސ. އަތޮޅު މަދަރުސާގައި 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އެ ސްކޫލުގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން މި އަހަރު ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *