އުކުޅަހު ސްކޫލުން އެއްވަނަ މިފްޒަލްއާއި އައިނީއަށް

އއ. އުކުޅަހު ސްކޫލުން އެއްވަނަ މިފްޒަލް އަޙްމަދާއި އައިޝަތު އައިނީ ސައީދު ހޯދައިފިއެވެ.

ފާއިތުވި ދިރާސީ އަހަރު ސާނަވީން އެއްވަނަ ހޯދީ އައިނީއެވެ. މިފްޒަލް އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.

އުކުޅަހު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.

ސާނަވީން އެއްވަނަ ހޯދި އައިނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައިވެއެވެ. މިހާރު އޭލެވެލްއަށް ކިޔަވަމުންދާ އައިނީގެ ކާމިޔާބުގެ ސިއްރެއްގެ ގޮތުގައި އޭނާ ދުށީ، ނަމާދަށް ރައްކާތެރިވުމާއި ވަގުތަށް ކަމޭހިތުމާއެކު ގަދައަޅައި މަސައްކަތް ކުރުމެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި މިފްޒަލްއަށް މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނައެވެ.  ސާނަވީގައި އޭނާއަށް ލިބުނީ ހަ މާއްދާއިން އޭ ސްޓަރ އާއި ދެ މާއްދާއިން އޭ އެކެވެ. ޖޫނިއަރ ޕްރިފެކްޓްކަމާއި ޕްރިފެކްޓްކަމާއި ސީނިއަރ ޕްރިފެކްޓްކަން އަދާކުރި މިފްޒަލް އެންމެ ފަހުން އަދާކުރީ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *