ސީއެޗްއެސްއީގެ ދެ ސްކޫލުގައި މަތީ ސާނަވީގެ ކިޔެވުން މިއަދު ފެށީ 1306 ދަރިވަރުންނާއެކުގައެވެ.
ހުޅުމާލޭ ސީއެޗްއެސްސީއިން ގުރޭޑް 11އަށް 803 ދަރިވަރުންނަށް ފުރުޞަތު ދީފައިވެއެވެ. ސީއެޗްއެސްއީ މާލެއިން ޖާގަ ދީފައި ވަނީ 503 ދަރިވަރުންނަށެވެ.

މަތީ ސާނަވީގެ ދިރާސީ އަހަރު މިއަދު ފެށިއިރު، ސީއެޗްއެސްއީ މާލޭގެ ޖާގަ ވަނީ އިތުރުކޮށްފައެވެ. އަމީނިއްޔާ ސްކޫލުގެ ހޯލުގެ މަތީ ފަންގިފިލާތައް އެ ސްކޫލަށް ވަނީ ޚާއްޞަކޮށްފައެވެ.
މަތީ ސާނަވީގެ ކިޔެވުން މިއަދު ފެށި ނަމަވެސް މި ހަފްތާގައި ކުރިއަށް ގެންދާނި އޮރިއެންޓޭޝަން ސެޝަންތަކެވެ.

މި އަހަރު ސާނަވީ ނިންމި ކުދިންގެ 49 އިންސައްތަ ކުދިން މަތީ ސާނަވީގައި ދަނީ ކިޔަވަމުންނެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 32 އިންސައްތައިގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، މިދިޔަ އަހަރު ސާނަވީ ނިންމީ 6700 ދަރިވަރުން ކަމަށެވެ. އޭގެ ތެރެއިން މަތީ ސާނަވީގައި ކިޔަވަންފެށީ 2100 ދަރިވަރުންނެވެ. މި އަހަރު 6500 ދަރިވަރުން ސާނަވީ ނިންމިއިރު 3200 ދަރިވަރުން މަތީ ސާނަވީގައި ކިޔަވަން ފަށާފައިވެއެވެ.
advertisment
ހިޔާލު